ރޯދަމަހަށް ތައްޔާރުވުމަށް އިއްޔެ ހުޅުމާލޭގައި ”ރޯދަ ބާޒާރު“ ފަށައިފި އެވެ.


އެޗްޑީސީއާއި ހައިރައިސް ގުޅިގެން ކުރިއަށް ގެންދާ މި ބާޒާރު ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށްށެވެ. މި ބާޒާރުގައި ވިޔަފާރި ކުރުމަށް 49 ސްޓޯލް އެއް ހުންނާނެވެ.
ރޯދަ ބާޒާރުން ގަންނަން ލިބޭ ތަކެތީގެ ތެރޭގައި ކައްކާ ތެއްޔާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި، އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވެސް މި ބާޒާރުން ލިބެން ހުންނާނެއެވެ.
މިއަހަރުގެ ރޯދަ ބާޒާރު ކުރިއަށް ދާނީ ހުޅުމާލެ ސެންޓަރަލް ޕާކުގައި އެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަ ކޮންމެ ދުވަހަކު ކުރިއަށްދާ މި ބާޒާރު ކުރިއަށްދާނެ ވަގުތު ތަކަކީ:
- ހަވީރު: 04:00 އިން 06:00 އަށް
- ރޭގަނޑު: 08:00 އިން 11:30 އަށް
މި ބާޒާރަކީ އެޗްޑީސީން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިގެންދާ ހަރަކާތެކެވެ. އެއީ ރައްޔިތުންނަށް ރޯދަ މަހު ގޭތެރެއަށް ބޭނުންވާ ތަކަތި ފަސޭހައިން އެއްތަނަކުން، ހެޔޮ އަގުގައި ލިބޭނެ ގޮތް މަގުފަހިކުރުމަށް ކުރިއަށް ގެންދާ ބާޒާރެކެވެ.








