Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑިވެލޮޕްމަންޓް ބޭންކަށް، ބޭންކިން ވިޔަފާރި ކުރުމުގެ ހުއްދަ ދީފި

ޑިވެލޮޕްމަންޓް ބޭންކަށް، ބޭންކިން ވިޔަފާރި ކުރުމުގެ ހުއްދަ ދީފި

މުހައްމަދު ޖަމްޝަތު
132 ދުވަސް ކުރިން - 29 ޖެނުއަރީ 2026 21:28
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް ބޭންކިން ލައިސެންސް ވަނީ ދީފަ---
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް ބޭންކިން ލައިސެންސް ވަނީ ދީފަ---
ޚުލާސާ

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް 2024 ގައި ލައިސަންސް ވަނީ ދީފަ. އަދި ވިޔަފާރިކުރުމުގެ ހުއްދަވެސް މިހާރު ވަނީ ދީފަ

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް ބޭންކިން ވިޔަފާރި ފެށުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ ޑިވެލޮޕްމަންޓް ބޭންކަށް ބޭނުންވާ ބޭންކިން ލައިސަންސް މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ދޫކޮށްފައިވާ ކަމަށާއި، މިހާރު ވިޔަފާރި ފެށުމުގެ ހުއްދަވެސް ދީފައިވާ ކަމަށެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ގޮތަށް 16 މެއި 2024 ގައި އުފެއްދެވި ކުންފުންޏެކެވެ. މި ބޭންކުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ.

Advertisement

Advertisement 1

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި ބޭންކުގެ ހިދުމަތް ފެށުމުން ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ އިގުތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމްއެމްއޭ އިން ސިފަކުރެ އެވެ.

މި ބޭންކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ކުރެވޭ ތާރީހީ މަސައްކަތެއް ކަމަށެވެ. އަދި މި ބޭންކު ވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތައް ތަރައްގީ ކުރުމާއި، އިއާދަކުރަނިވި ހަކަތަ، ރިއަލްއެސްޓޭޓް އަދި ހައުސިން ފަދަ ދާއިރާތަކުން އިންވެސްޓުކުރާ ފަރާތްތަކަށް މުހިންމު "ހަބަކަށް" ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މި ބޭންކު މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީވެސް މި ބޭންކުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެމްއެމްއޭމޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

29 ދުވަސް ކުރިން - 23:41

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ޚިދުމަތް އާންމު ހާލަތަށް ގެނެސްފި

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށްފި

33 ދުވަސް ކުރިން - 18:50

މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 92 އިންސައްތަ އިތުރު!

ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 92އިންސައްތަ އިތުރުވެއްޖެ

37 ދުވަސް ކުރިން - 12:48

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ސާވޭއެއް އެމްއެމްއޭ އިން ފަށަނީ

ބިދޭސީން ރާއްޖެއިން ބޭރުކުރާ ފައިސާގެ ސާވޭއެއް ފަށަނީ

62 ދުވަސް ކުރިން - 23:15

ޑޮލަރު އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން ސުކޫކު ދައްކަން އެހީތެރިކަން ލިބުނު: އެމްއެމްއޭ

ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ސުކޫކު ދައްކަން އެހީތެރިކަންލިބުނު

68 ދުވަސް ކުރިން - 14:15

ދައުލަތުގެ އާމްދަނީ 10.6 ބިލިއަން ރުފިޔާއަށް އަރައި، ބަޖެޓު ސާޕްލަސް 2.2 ބިލިއަނަށް އަރައިފި

ދައުލަތުގެ ބަޖެޓު ސާޕްލަސް 2.2 ބިލިއަނަށް އަރައިފި

71 ދުވަސް ކުރިން - 20:19