Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިންހިއްކަން ފަށައިފި

ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިންހިއްކަން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
218 ދުވަސް ކުރިން - 29 ޖެނުއަރީ 2026 18:49
ވިހަފަރު ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން--- ފޮޓޯ: ރައީސް އޮފީސް
ވިހަފަރު ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަޝްރޫއު އަމަލީ ގޮތުން ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު

ނ. ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން މިއަދު ފަށައިފި އެވެ.

ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސްގެ ގަރާރަކުން ކަނޑައަޅުއްވައި، އިއުލާންކުރެއްވީ މާޗް 2024ގަ އެވެ. އަދި ޖުލައި 2025 ގައި ނ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ މި އަހަރުގެ ކުރީކޮޅު، މިކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަނީ ވިހަފަރުގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. ވިހަފަރު އެއާޕޯޓް ތަރައްގީކުރުމަށް ބިންހިއްކުމުގެ މަޝްރޫއު އަމަލީގޮތުން ފެށުމަށް އެ ސަރަހައްދުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވެސް އެ މަނިކުފާނެވެ.

Advertisement

Advertisement 1

މިއަދުގެ ރަސްމިއްޔާތުގައި އަމަލީ ގޮތުން މި މަޝްރޫއު ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. 

ނ. އަތޮޅުގައި އެއާޕޯޓެއް އޮންނަނީ ހަމައެކަނި މާފަރުގަ އެވެ. މާފަރުގައި އެއާޕޯޓެއް އޮތްކަމުގައި ވިޔަސް، އެ އަތޮޅު ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދުގައި އިތުރު އެއާޕޯޓެއް އޮތުން މުހިންމު ކަމަށް ރައީސް ދެކެވަޑައިގަންނަވައެވެ. ވަކިން ޙާއްސަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ، އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިގްތިސާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، މި އެއާޕޯޓް އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭކަމުގައި ވެސް އެ މަނިކުފާނު ޤަބޫލުފުޅުކުރައްވަ އެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ނ. ވިހަފަރުގައި އެއާޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން، 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުބިން ހިއްކުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

3 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 16:10