އިންޑިއާގެ ފުލައިޓެއް ވެއްޓި މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު އާއި އެ ބޯޓުގައި ތިބި އެންމެން މަރުވެއްޖެއެވެ. އެ ބޯޓުގައި ތިބީ މިނިސްޓަރާއި ދެ ކްރޫ މެމްބަރުންނާއި ދެ ސްޓާފުން ހިމެނޭ ގޮތަށް މުޅިއެކު ފަސްމީހުންނެވެ.
ވެއްޓުނު މަތިންދާބޯޓަކީ ވީއެސްއާރު އޭވިއޭޝަނުން ހިންގާ ލިއާޖެޓް 45 އެވެ.
އުމުރުން 66 އަހަރުގެ އަޖިތު ޕަވާރަކީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ) ގެ އިސް ލީޑަރުގެ އިތުރުން މަހާރާޝްތުރާގެ ނުފޫޒު ގަދަ ލީޑަރެވެ.
މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު، ތިން ދުވަހަށް ހިތާމަ ފާޅުކުރުމަށް ވަނީ ނިންމާފައެވެ.










