Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބުގެ ހިދުމަތް ފަށައިފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބުގެ ހިދުމަތް ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
178 ދުވަސް ކުރިން - 28 ޖެނުއަރީ 2026 21:45
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް--- ފޮޓޯ: ދަ ޕްރެސް އެމްވީ
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް--- ފޮޓޯ: ދަ ޕްރެސް އެމްވީ
ޚުލާސާ

އޭއީއެޗްގައި ކެތު ލެބު ގާއިމުކުރީ 2023 ވަނަ އަހަރުގެ ތެރޭގައި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބުގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ. މި ކެތު ލެބަކީ މާލެއިން ބޭރުގައި، އަތޮޅުތެރޭގެ ރަށެއްގައި ގާއިމުކުރި ފުރުތަމަ ކެތު ލެބެވެ.

އައްޑޫ ސިޓީގައި ކެތު ލެބުގެ ހިދުމަތް ދޭން ފަށާފައިވާއިރު އެ ސިޓީގައި މި ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި މި ހިދުމަތް ގާއިމުކުރުމަށް، އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް ވެސް ވަނީ އިންސްޓޯލްކޮށްފަ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ހިންގާ މި ކެތު ލެބުން މިހާތަނަށް ހަތް މީހަކު ފަރުވާ ހޯދާފައިވެ އެވެ.

Advertisement

Advertisement 1

އައްޑޫ ސިޓީގައި ކެތު ލެބް ހުޅުވިގެން ދިއުމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އައްޑޫ ސިޓީގައި މި ހިދުމަތް ފެށިގެން ދިއުމަކީ ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ޔާސިރު ވިދާޅުވީ، މި ސަރުކާރުން ކުރެއްވި މަސައްކަތުން ކެތު ލެބުގެ ހިދުމަތް ފެށިގެން ދިއުމަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބުގެ ހިދުމަތް ފަށާފައިވަނީ، އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓަރާ ގުޅިގެންނެވެ. މި ވަގުތު އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއެކު ސާޖަރީތައް ހެދުމުގައި ހަރަކާތްތެރިވި ނަމަވެސް ކުރިއަށް އޮތްތަނުގައި އޭއީއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗްއައްޑޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

9 ދުވަސް ކުރިން - 19:57

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

55 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

61 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

62 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

62 ދުވަސް ކުރިން - 10:11