Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖޫދޫވި އަޑުގެ ވެރިޔާ ލަވަކިޔުން އެއްކޮށް ހުއްޓައިލީ…؟

ޖޫދޫވި އަޑުގެ ވެރިޔާ ލަވަކިޔުން އެއްކޮށް ހުއްޓައިލީ…؟

އައިޝަތު ރުވާ ރިފްޢަތު
212 ދުވަސް ކުރިން - 28 ޖެނުއަރީ 2026 17:53
އިންޑިއާގެ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގު
އިންޑިއާގެ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގު
ޚުލާސާ

އަރްޖިތުގެ މިއުޒިކީ ކެރިއަރުގައި އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔައީ 2013 ވަނަ އަހަރު ނުކުތް ފިލްމު "އާޝިގީ 2" ގެ "ތުމް ހީ ހޯ" މި ލަވައިން.

ހިންދީ ސިނަމާގައި މިވަގުތު ހުރި އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާ އަރިޖިތު ސިންގު، ފިލްމުތަކަށް ލަވަކިޔުން ނުވަތަ ޕްލޭބެކް ސިންގިންގް ހުއްޓާލިކަން އިއުލާނުކޮށްފި އެވެ.

އަރިޖިތު މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ޕޯސްޓެއްގައެވެ. އާ އަހަރުގެ ތަހުނިޔާ އެންމެނަށް ފޮނުވަމުން ކުރި މި ޕޯސްޓުގައި، އޭނާ ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށާއި ދެއްވި އިންތިހާ ލޯތްބަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށް ބުނެފަ.

އަރިޖިތު ބުނިގޮތުގައި، މީގެ ފަހުން ފިލްމުތަކަށް ލަވަކިޔުމުގެ އެއްވެސް އާ މަސައްކަތެއް އޭނާ ބަލައެއް ނުގަންނާނެކަށެވެ. ފިލްމީ ދާއިރާގައި އޭނާ ކުރި މަސައްކަތްތަކަށް އަލިއަޅުވާލަމުން އަރިޖިތު ބުނެފައިވަނީ އެއީ ވަރަށް އުފާވެރި ދަތުރެއް ކަމަށެވެ.

Advertisement

Advertisement 1

މި ކުއްލި ނިންމުމާއެކު، ޖާދުވި އަޑުގެ ވެރިޔާ ކަމަށްވާ އަރިޖިތުގެ ޖަޒުބާތީ ލަވަތަކަށް ލޯބިކުރާ އެތައް މިލިއަން ސަޕޯޓަރުންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. އެންނަމަވެސް އަރްޖިތު ބުނީ އޭނާ ފްލޭބެކް ސިންގިން އާއި ދުރަށް ޖުހުނުކުގައި ވިޔަސް މިއުޒިކް އުފެއްދުން އެއްކޮށް ހުއްޓާނުލާނެކަމަށެވެ.

އަރްޖިތުގެ މިއުޒިކީ ކެރިއަރުގައި އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔައީ 2013 ވަނަ އަހަރު ނުކުތް ބޮލީވުޑް ފިލްމު "އާޝިގީ 2" ގެ "ތުމް ހީ ހޯ" މި ލަވައިންނެވެ. އެއަށްފަހު އޭނާ ވަނީ "ޗަންނާ މޭރެޔާ"، "ރާބްތާ"، "ކޭސަރިޔާ" އަދި "ގެރުއާ" ފަދަ ފާހަގަކޮށްލެވޭ މަޝްހޫރު އެތައް ލަވައެއް ފިލްމުތަކަށް އޭނާ ވަނީ ކިޔައިދީފައެވެ.

ތިންސަތޭކައަށްވުރެ ގިނަ ލަވަ ރެކޯޑްކޮށް، މިއުޒިކީ ދާއިރާގައި ފައިތިލަ ސާބިތުކޮށްފައިވާ އަރްޖިތަކީ، އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އަރްޖިތް މިފަދަ ނިންމުމެއް ނިންމި ސީދާ ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ހިންދީ މިއުޒިކީ ސިނާއަތަށް ލިބުނު ފޫނުބެއްދޭނެ ބޮޑު އުނިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

39 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

57 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

102 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

123 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

131 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

138 ދުވަސް ކުރިން - 23:00