Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އީސީން އިތުރުކޮށްފި

އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އީސީން އިތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
178 ދުވަސް ކުރިން - 28 ޖެނުއަރީ 2026 18:23
އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް/ ފޮޓޯ: އީސީ
އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް/ ފޮޓޯ: އީސީ
ޚުލާސާ

މިހާރު ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު 08:30 އިން 17:30 އަށް، އަދި ހުކުރު ދުވަހު 15:30 އިން 20:00 އަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާ ވަގުތު ދެގަޑިއިރަށް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މި އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުން ކުރިއަށްދަނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ފޯމު ބަލައިގަންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 15:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު 15:30 އިން 18:00 އަށެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ފޯމު ބަލައިގަންނަ ވަގުތު އިތުރުކޮށްފަ އެވެ. އެގޮތުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 17:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ރޭގަނޑު 20:00 އަށް ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

Advertisement

Advertisement 1

އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނައީ، ފޯމު ހުށަހެޅުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން ޝަކުވާ ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

އިންތިހާބަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖުމްލަ 2,254 ފޯމު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި 1,276 ފޯމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅި 978 ފޯމެވެ. ނަމަވެސް، މީގެ ތެރެއިން މިހާތަނަށް ކެންޑިޑެސީ ގަބޫލުކޮށްފައި ވަނީ 1,857 މީހުންނެވެ.

ކެންޑިޑެސީ ގަބޫލުނުކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑުތައް ފުރިހަމައަށް ހުށަހަޅާފައި ނެތުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހިމަނާފައި ނެތުން ހިމެނެ އެވެ. މީގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކުރަންޖެހޭ ރެކޯޑުތައް ހުށަނާޅާ ހުރުމަކީވެސް ފޯމުތައް ބާތިލުވާ އެއް ސަބަބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި އެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ފޯމު ހުށަހަޅާ ފަރާތްތަކުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

50 ދުވަސް ކުރިން - 10:25