Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މިހާތަނަށް 12,274 ގޭބިސީއަކަށް ސަރުކާރުން މަސްދަޅު ކޭސް ބަހައިފި

އައިޝަތު ރުވާ ރިފްޢަތު
256 ދުވަސް ކުރިން - 27 ޖެނުއަރީ 2026 21:36
ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޫކުރާ މަސްދަޅު ކޭސް ބަހަނީ/ ފޮޓޯ: ޚުލާސާ
ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޫކުރާ މަސްދަޅު ކޭސް ބަހަނީ/ ފޮޓޯ: ޚުލާސާ
ޚުލާސާ

މުޅި ރާއްޖޭގައި ޖުމްލަ 118,673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރުގެ ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޫކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މިހާތަނަށް 12,274 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނިގޮތުގައި، މާލެ ސަރަހައްދުގައި އެކަނިވެސް 65,230 ޑޮމެސްޓިކް ކަރަންޓް މީޓަރު ރަޖިސްޓްރީކޮށްފައިވެ އެވެ. ސަރުކާރުން ނިންމަވާފައިވަނީ ކޮންމެ ކަރަންޓު މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރުމަށެވެ. މިހާތަނަށް ދޫކުރެވުނު 12,274 ކޭހަކީ މާލެ ސަރަޙައްދުގައި ބަހަންޖެހޭ ޖުމްލަ ކޭހުގެ އިންސައްތައަށް ބަލާއިރު 18.8 އިންސައްތައެވެ.

މާލެ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަސްދަޅު ކޭސް ބަހަން ފަށާފައިވާއިރު، އަތޮޅުތަކުގައި މި މަސައްކަތް ފެށުމަށް މިހާރު ދަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެސްޓީއޯއިން މިހާރު ވަނީ އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމްތައް ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެކި ސަރަހައްދުތަކުގައި ކޭސްތައް ގުދަންކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ އެވެ.

Advertisement

Advertisement 1

މުޅި ރާއްޖޭގައި ޖުމްލަ 118,673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. މާލެ ސަރަހައްދުގައި މި މަސައްކަތް ފަސޭހަކުރުމަށްޓަކައި 15 ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ކޭސް ދޫކުރަމުންދަނީ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ޓޯކަން ނެގުމުންނެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ މަރުކަޒުތައް:

މާލޭގައި: މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑު.

ހުޅުމާލެ ފޭސް 1 ގައި: ޢުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު އަދި މުޙައްމަދު ޤާސިމް ޕްރީ ސްކޫލް.

ހުޅުމާލެ ފޭސް 2 ގައި: ކާމިލު ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ.

ވިލިމާލޭގައި: ވެމްކޯ ސައިޓު.

ސަރުކާރުގެ މި ނިންމުމަކީ ރަމަޟާން މަހު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ރައީސް މުޢިއްޒު ނިންމަވާފައިވާ ވަރަށް މުހިންމު ނިންމެވުމެކެވެ.

ސިޓީސް މިނިސްޓްރީ (އުވާލެވިފައި)ރޯދަ ހަދިޔާރޯދަމަސް 2026ރޯދަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

188 ދުވަސް ކުރިން - 14:04

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

205 ދުވަސް ކުރިން - 14:39

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

207 ދުވަސް ކުރިން - 13:27

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

213 ދުވަސް ކުރިން - 14:18

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

214 ދުވަސް ކުރިން - 13:13

މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

216 ދުވަސް ކުރިން - 14:06