Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

މަރްޔަމް މާޙީ
119 ދުވަސް ކުރިން - 17 މާޗް 2026 13:27
ބީފް ލަޒާނިއާ---
ބީފް ލަޒާނިއާ---
ޚުލާސާ

ލަސާންޏާ އަކީ އޭގެ މީރު ރަހަތަކުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އިޓަލީގެ ސަގާފީ ކެއުމެއް

ލަޒާނިއާ އަކީ އޭގެ މީރު ރަހަތަކުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އިޓަލީގެ ސަގާފީ ކެއުމެކެވެ.

އިޓަލީއަށް ނިސްބަތްވާ މި ކެއުން، ތައްޔާރުކުރާ ސަރަހައްދަށާއި ކައްކާ މީހާގެ ބޭނުމަށް ބަލައި ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްއުޅެއެވެ. ބައެއް މީހުން ގެރިމަހުގެ ބަދަލުގައި ތަރުކާރީ ނުވަތަ ކުކުޅު މަސް ބޭނުންކުރާއިރު، އިތުރަށް ރަހަ މީރުކުރުމަށްޓަކައި އެކި ބާވަތްތަކުގެ ހާބްސް އާއި ތަފާތު ވައްތަރުގެ ޗީޒް ވެސް ބޭނުންކުރެއެވެ. ލަސާންޏާގެ މީރު ރަހައިގެ ސަބަބުން، މިއީ އާންމުކޮށް އާއިލީ ބައްދަލުވުންތަކުގައާއި ހާއްސަ މުނާސަބަތުތަކުގައި ސުފުރާމަތިން ފެންނަ މަގުބޫލު ކެއުމެކެވެ.

ބޭނުންވާ ތަކެތި:

Advertisement

Advertisement 1

މީޓް ސޯސް ތައްޔާރުކުރުމަށް:

މިންސްޑް ބީފް — 500 ގ

ފިޔާ (ކޮށާފައި) — 1 ފިޔާ

ލޮނުމެދު (ގާނާފައި) — 2 ލޮނުމެދު

ޓޮމާޓޯ ސޯސް (ދަޅު) — 400 ގ

ޓޮމާޓޯ ޕޭސްޓް — 2 މޭޒުމަތީ ސަމުސާ

ހިކި އޮރެގާނޯ — 1 ސައިސަމުސާ

ހިކި ބޭސިލް — 1 ސައިސަމުސާ

ލޮނާއި އަސޭމިރުސް — ރަހަލާ ވަރަށް

އޮލިވް އޮއިލް — 2 މޭޒުމަތީ ސަމުސާ

ޗީޒް މިކްސްޗާ ތައްޔާރުކުރުމަށް:

ރިކޮޓާ ޗީޒް — 1 ޖޯޑު

ގާނާފައިހުރި މޮޒެރެއްލާ ޗީޒް — 1 ޖޯޑު

ގާނާފައިހުރި ޕާމެސަން ޗީޒް — ½ ޖޯޑު

ބިސް — 1

ކޮށާފައިހުރި ޕާސްލީ — 2 މޭޒުމަތީ ސަމުސާ (އިހްތިޔާރީ)

އިތުރު ތަކެތި:

ލަސާންޏާ ޝީޓް — 9 - 12އާ ދެމެދު

މޮޒެރެއްލާ ޗީޒް — މައްޗަށް އެޅުމަށް ބޭނުންވާ ވަރަށް

ތައްޔާރުކުރާ ގޮތް:

1. މީޓް ސޯސް ތައްޔާރުކުރުން:

ތަވައެއްގައި މެދު ގިނީގައި އޮލިވް އޮއިލް ހޫނުކޮށްލާށެވެ.

ކޮށާފައިހުރި ފިޔާ އަޅައި، މަޑުވަންދެން ކައްކާލާށެވެ.

ލޮނުމެދު އަޅައި، ގާތްގަނޑަކަށް 30 ސިކުންތު ވަންދެން ކައްކާލާށެވެ.

މިންސްޑް ބީފް އަޅައި، ރަތްކުލަ ގެއްލި ރަނގަޅަށް ރޯފިލަންދެން ކައްކާލާށެވެ.

ޓޮމާޓޯ ސޯސް، ޓޮމާޓޯ ޕޭސްޓް، އޮރެގާނޯ، ބޭސިލް، ލޮނު އަދި އަސޭމިރުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

15 އާއި 20 ދެ މިނިޓާ ދެމެދު ދިޔާކޮށް ކެކެން ދޫކޮށްލާށެވެ.

2. ޗީޒް މިކްސްޗާ ތައްޔާރުކުރުން:

ތައްޓެއްގައި ރިކޮޓާ، މޮޒެރެއްލާ، ޕާމެސަން، ބިސް އަދި ޕާސްލީ އެއްކޮށް، ރަނގަޅަށް ގިރާލާށެވެ.

3. ލަސާންޏާ ޝީޓް ކެއްކުން:

ޝީޓްތައް އަވަނަށް ލެވޭ ބާވަތުގެ ނޫންނަމަ، ޕެކެޓްގައިވާ އިރުޝާދާ އެއްގޮތަށް ކައްކާލާށެވެ.

4. ލޭޔަރު އެތުރުން:

ބޭކިން ޑިޝެއްގައި ތިރިން ފެށިގެން ތިރިދެންނެވި ތަރުތީބުން ލޭޔަރުތައް އަތުރާށެވެ:

  1. ތަށީގެ ތަޅުންގަނޑުގައި ތުނިކޮށް މީޓް ސޯސް ފަތުރާލާށެވެ.
  2. ލަސާންޏާ ޝީޓްތައް ފުށުނާރާގޮތަަށް ބަހައްޓާށެވެ.
  3. ޗީޒް މިކްސްޗާ ފަތުރާލާށެވެ.
  4. އިތުރު ލޭޔަރެއްގެ ގޮތުގައައި މީޓް ސޯސް ފަތުރާލާށެވެ.

ތަކެތި ހުސްވަންދެން މި ތަރުތީބުން ލޭޔަރު ތަކުރާރުކުރާށެވެ.

5. މަތި ތައްޔާރުކުރުން:

އެންމެ ފަހު ލޭޔަރުގެ ގޮތުގައި މީޓް ސޯސް ފަތުރައި، ދެން މޮޒެރެއްލާ ޗީޒް ބުރުވާލާށެވެ.

6. އަވަނުގައި ފިހުން:

180°C ގައި 35 އާއި 40 ދެ މިނިޓާ ދެމެދު، ރަން މުށި ކުލަ އަރައި ކެކިގަންނަ ވަރު ވަންދެން ފިހެލާށެވެ.

7. ފިނިކޮށްލުން:

ސާވްކުރުމުގެ ކުރިން، ގާތްގަނޑަކަށް 10 މިނިޓު ވަންދެން ހިހޫކޮށްލަން ބަހައްޓާށެވެ.

ޓިޕެއް: ލަޒާނިއާ ތައްޔާރުކުރާ ދުވަހަށް ވުރެ، ތައްޔާރުކުރިތާ އަނެއް ދުވަހު ކެއުމުން ރަހަ މާ ފުރިހަމަވާނެއެވެ. ސަބަބަކީ، ރޭގަނޑު ހޭދަވާ ވަގުތުގެ ތެރޭގައި ހުރިހާ ރަހަތަކެއް ރަނގަޅަށް ލައްވާތީއެވެ.

ޚުލާސާ ރަހަފަތްރޯދަރޯދަމަސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް އެންމެ ގިނަ ފައިސާ ބެހި ފަހަރު: ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

117 ދުވަސް ކުރިން - 14:39

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

125 ދުވަސް ކުރިން - 14:18

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

126 ދުވަސް ކުރިން - 13:13

މިއަހަރު މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

128 ދުވަސް ކުރިން - 14:06

މާލެސިޓީގައި ފަހު ދިހައިގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

މާލެސިޓީގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

128 ދުވަސް ކުރިން - 14:05

ޚުލާސާ ރަހަފަތް: ކެރަމަލައިޒްޑް ބަނާނާ ކުނާފާ ކަޕްސް

ޚުލާސާ ރަހަފަތް: ކެރަމަލައިޒްޑް ބަނާނާ ކުނާފާ ކަޕްސް

129 ދުވަސް ކުރިން - 14:11