މި ރޯދަމަހުގެ ފަހު ދިހައެއްގައި މާލެ ސިޓީގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި އެވެ.
މިއަދު އެކަން އިއުލާނު ކުރަމުން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މާލެސިޓީގެ 25 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލެސިޓީގެ އެންމެ ބޮޑު ދެ މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒު އަދި ސަލްމާން މިސްކިތް ވެސް މިލިސްޓުގައި ހިމެނެއެވެ. މި ދެ މިސްކިތުގެ އިތުރުން މާލެގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ:
- މަސްޖިދުލްސުލްތާން މުހައްމަދު ބިން އަބްދުﷲ - ވިޔަފާރިވެރިންގެ މިސްކިތް
- މަސްޖިދުއްފުރުގާން
- މަސްޖިދުއްނޫރު
- މަސްޖިދުއްޝަހީދު އަލީ
- މިސްޖިދުލްއައްސުލްތާން ހަސަން އިއްޒުއްދީން - ތައިބާ މިސްކިތް
- މަސްޖިދުލްސުލްތާން މުހައްމަދު ފަރީދުލް އައްވަލް - ދުނބުރި މިސްކިތް
- މަސްޖިދު ޝަހީދު އަބްދުއްރަހަމާން - ފަނޑިޔާރު މިސްކިތް
- މަސްޖިދުލްސުލްތާން މުހައްމަދު ޝަމްސުއްދީން - ބަންޑާރަ މިސްކިތް
- މަސްޖިދު ސަލާހުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޔޫސުފުލްބަރަބަރީ
- މަސްޖިދުއްޝައިހް މުހައްމަދު ޖަމީލް ދީދީ - ފައިފުހޭ މިސްކިތް
އެގޮތުން ވިލިމާލެގައި އިއުތިކާފަށް ތިބުމަށް މިނިސްޓްރީން ކަނޑައަޅާފައި ވަނީ އެންމެ މިސްކިތެކެވެ. އެއީ މަސްޖިދުލްބިއްރި އެވެ.
އަދި ހުޅުމާލެ ފޭސް އެކެއްގައި އިއުތިކާފު ކުރުމަށް ހަމަޖެހިފައިވަނީ ފަސް މިސްކިތެއްގަ އެވެ. އެއީ މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އަލްތާނީ - ވައްގުއްބު މިސްކިތާއި މަސްޖިދު ރަޝީދު އާއި މަސްޖިދު އަޒީޒާ މޫސާ އާއި މަސްޖިދުލްއަސްދިގާ އަދި މަސްޖިދު މުހައްމަދު އެވެ.
އޭގެ އިތުރުން ހުޅުމާލެ ފޭސް ދޭގައި ވެސް މި އަހަރު އިއުތިކާފު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފޭސް ދޭ ގެ ތިން މިސްކިތެއްގައި އިއުތިކާފު ކުރާނެ އެވެ. ފޭސް ދޭގައި އިއުތިކާފު ކުރާ މިސްކިތަކަކީ މަސްޖިދު ހަސަން އާދަމް އާއި މަސްޖިދުލް އީމާންގެ އިތުރުން މަސްޖިދު އަމީލް ޖަލީލު އެވެ.










