Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ފާސްކޮށްފި

ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
179 ދުވަސް ކުރިން - 27 ޖެނުއަރީ 2026 21:28
ފްރާންސްގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
ފްރާންސްގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
ޚުލާސާ

ފްރާންސްގެ ތިރީގޭގައި ނެގި ވޯޓުގައި މި ބިލަށް 116 މެންބަރުން ތާއީދުކޮށްފަވާއިރު، 23 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދީފައި.

އޮންލައިންކޮށް ކުރިމަތިވާ ބުލީކުރުމާއި، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކާތަކާ މެދު ކަންބޮޑުވުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ފްރާންސްގެ ނެޝަނަލް އެސެމްބްލީން މިދިޔަ ހޯމަ ދުވަހު ތާއީދުކޮށްފި އެވެ.

މި ބިލުގައި ހުށަހަޅާފައިވަނީ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި، އެފަދަ ޕްލެޓްފޯމްތަކުގައި ހިމެނޭ މުއާމަލާތްކުރާ ބައިތައް ބޭނުންކުރުން މަނާކުރުމަށެވެ. މިއީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު އާންމުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުންތަކާ ގުޅިގެން އެކުލަވާލާފައިވާ ބިލެކެވެ.

ފްރާންސްގެ ތިރީގޭގައި ނެގި ވޯޓުގައި މި ބިލަށް 116 މެންބަރުން ތާއީދުކޮށްފަވާއިރު، 23 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދީފައި އެވެ. މި ބިލު ދެން ހުށަހަޅޭނީ ސެނެޓަށެވެ. އެއަށްފަހު، ފަހުގެ ވޯޓަކަށް އަލުން ތިރީގެއަށް ހުށަހެޅޭނެއެވެ.

Advertisement

Advertisement 1

ރައީސް އެމަނުއެލް މެކްރޯން ވަނީ ޒުވާނުންގެ މެދުގައި ހިނގާ އަނިޔާވެރި އަމަލުތަކުގެ އެއް ސަބަބަކީ ސޯޝަލް މީޑިއާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ބޭނުންފުޅުވަނީ، 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ވަސީލަތްތައް މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމު ކަމަށްވާ އޮސްޓްރޭލިއާއިން ނިންމި ފަދަ ހަރުދަނާ ފިޔަވަޅެއް ފްރާންސްއިން ވެސް އެޅުމަށެވެ. މެކްރޯން އުއްމީދު ކުރައްވަނީ އަންނަ ސެޕްޓެމްބަރު މަހު އައު ތައުލީމީ އަހަރު ފެށުމުގެ ކުރިން މި ގާނޫނަށް އަމަލުކުރަން ފެށުމަށެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު ލޯރާ މިލާ ވިދާޅުވީ، މިއީ މުޖުތަމައުގައި ސާފު އިމެއް ކަނޑައެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ކުދިން ފޮތް ކިޔުމާއި ނިދުމާ ދުރުވެ، އެކަކު އަނެކަކާ އަޅާކިޔުން އިތުރުވެއްޖެ. މިއީ ސިކުނޑިތައް ސަލާމަތްކުރުމަށް ކުރާ ހަނގުރާމައެއް،" އޭނާ ވިދާޅުވިއެވެ.

މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު ތިއެރީ ޕެރޭޒް ސިފަކުރެއްވީ މިއީ "ޞިއްޙީ ކުއްލި ނުރައްކަލުގެ" ހާލަތަކަށް ދީފައިވާ ރައްދެއްގެ ގޮތުގައެވެ. އޮސްޓްރޭލިއާގެ މި ނިންމުން އިނގިރޭސިވިލާތް، ޑެންމާކް، ސްޕެއިން އަދި ގްރީސް ފަދަ ގައުމުތަކުން ވެސް ދަނީ ދިރާސާކުރަމުންނެވެ. އަދި ޔޫރަޕިއަން ޕާލަމަންޓުން ވެސް ވަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ކުޑަ އުމުރެއް ކަނޑައެޅުމަށް ޔޫރަޕްގެ އިއްތިހާދަށް ގޮވާލާފަ އެވެ.

މި ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭނެ ގޮތަށް އުމުރު ކަށަވަރުކުރާ ނިޒާމުތައް ވަރުގަދަ ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން، މިހާރުވެސް ޕްރައިމަރީ އަދި މިޑްލް ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފައި އޮންނަ އޮތުން، ހައިސްކޫލްތަކަށް ވެސް ފުޅާކުރުމަށް މި ގާނޫނުގައި ހިމަނާފައިވެ އެވެ.

2024 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި، ފްރާންސްގެ އާންމުންގެ 73 އިންސައްތަ މީހުން މި ނިންމުމަށް ތާއީދުކުރެ އެވެ. ނަމަވެސް ޒުވާނުންގެ މެދުގައި މިކަމާ މެދު ތަފާތު ހިޔާލުތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. ބައެއް ޒުވާނުން ސޯޝަލް މީޑިއާގެ ނުރައްކާތައް ގަބޫލުކުރާއިރު، އަނެއްބައި ޒުވާނުން ދެކޭގޮތުގައި މިއީ މާ ބޮޑުވަރުގެ ނިންމުމެކެވެ

ފްރާންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

11 ދުވަސް ކުރިން - 01:58

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

15 ދުވަސް ކުރިން - 05:26

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

16 ދުވަސް ކުރިން - 03:18

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

17 ދުވަސް ކުރިން - 18:47

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް, ވާދަކުރަންޖެހޭނީ މޮރޮކޯއާ

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް

20 ދުވަސް ކުރިން - 08:23