އީރާނާއި އެމެރިކާ އާއި ދެމެދު މައްސަލަ ހޫނުވެ، އެގައުމަށް ކުރިމަތިވެދާނެ ހަމަލާތަކަށް ރައްދު ދިނުމަށް އީރާނުން "ކުރިއަށް ވުރެ ބޮޑަށް ތައްޔާރަށް" އޮތް ކަމަށް ބުނެފިއެވެ.

ތެހެރާނުގައި ކޮންމެ ހަފްތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ މާޒީގެ ތަޖުރިބާތަކަށް ބަރޯސާވެ، އީރާނަކީ ކުރިއަށްވުރެ ބޮޑަށް ތައްޔާރަށް އޮތް ގައުމެއް ކަމަށާއި، ކުރިމަތިވެދާނެ ކޮންމެ ޢުދުވާނަކަށް ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމައަށް، ރައްދުދޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމައްޗާއި ދިމާއަށް އެމެރިކާ ސިފައިން ދަތުރުކުރާކަން އިއުލާންކޮށް، އީރާނުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަން އިއުލާންކޮށްފައެވެ.