މީގެ އިރުކޮޅެއް ކުރިން އިސްރާއީލުން ލުބުނާނަށް ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ލުބުނާނުގެ ދެކުނުގެ ދެސަރަޙައްދަކަށް ޙަމަލާ ދީފައިވާއިރު ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލެއް އަދި ނުލިބެއެވެ.

ލުބުނާނުގެ ދެކުނުގައި ޙަރަކާތްތެރިވާ އީރާނާއި ގުޅުން ހުރި ޖަމާޢަތްތަކާއި ދެކޮޅަށް އިސްރާއީލުން ގެންދަނީ ދޭތެރެދޭތެރެއިން ރޮކެޓްތަކާއި ޑްރޯންތަކުން ޙަމަލާ ދެމުންނެވެ. އެމީހުންގެ ޙަމަލާތައް އަމާޒު ކުރަނީ ހިޒްބުاللهގެ މެންބަރުންނަށާއި އެ ޖަމާޢަތުގެ ތަންތަނަށއވެ.

ޣައްޒާ ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލުން ލުބުނާނަށް ބޮން އަޅައި ބޮޑު ޢުދުވާނެއް ހިންގިއިރު ބައިނަލްއަގްވާމީ މެދުވެރިންގެ މަޝްވަރާތަކާއި އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް އޮތް ނަމަވެސް، ޓެލްއަވީވް އަކުން އެއްބަސްވުމަކަށް އިޙްތިރާމެއް ނުކުރެއެވެ.