Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުނިޔޭގެ އެންމެ ބޮޑު މުސްލިމް ޓްރެވަލް ޝޯގައި ރާއްޖެއިން ބައިވެރިވަނީ

ދުނިޔޭގެ އެންމެ ބޮޑު މުސްލިމް ޓްރެވަލް ޝޯގައި ރާއްޖެއިން ބައިވެރިވަނީ

މުހައްމަދު ޖަމްޝަތު
179 ދުވަސް ކުރިން - 27 ޖެނުއަރީ 2026 16:02
ވިލާ ޕާކް ރިސޯޓް. މިއީ ހަލާލް ޓޫރިޒަމަށް ހުޅުވާލައިގެން ރާއްޖޭގައި ހިންގާ ރިސޯޓެއް---
ވިލާ ޕާކް ރިސޯޓް. މިއީ ހަލާލް ޓޫރިޒަމަށް ހުޅުވާލައިގެން ރާއްޖޭގައި ހިންގާ ރިސޯޓެއް---
ޚުލާސާ

މިއީ ހަލާލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް. މި ހަރަކާތް ކުރިއަށްދާނީ ފެބްރުއަރީ 7 އިން 8ގެ ނިޔަލަށް

ލަންޑަންގައި ބާއްވާ "މުސްލިމް ޓްރެވަލް ޝޯ" ގައި ދިވެހިރާއްޖެއިން ބައިވެރިވާނެކަން އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން (އައިއެޗްޓީއޯ) އިން ރަސްމީކޮށް ހާމަކޮށްފިއެވެ.

"މުސްލިމް ޓްރެވަލް ޝޯ" އަކީ ހަލާލް ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ޝޯ ކުރިއަށްދާނީ އަންނަ ފެބްރުއަރީ 8-7 ގައި ލަންޑަންގެ އެކްސެލްގެ. މި ޝޯގައި ރާއްްޖެއިން ބައިވެރިވުމަކީ ހަލާލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އައިއެޗްޓީއޯ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ވިޒިޓް މޯލްޑިވްސްގެ އިތުރުން، މަޓާޓޯ، މޯލްޑިވްސް ބޯޓިން އެސޯސިއޭޝަން އަދި ރާއްޖޭގެ ގެސްޓް ހައުސް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވާން ވަނީ ނިންމާފަ އެވެ.

Advertisement

Advertisement 1

މުސްލިމް ޓްރެވަލް ޝޯއަކީ ހަލާލް ޓޫރިޒަމްގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މި ހަރަކާތުގެ ތެރެއިން ވިޔަފާރިވެރިންގެ މެދުގައި ބޭއްވޭ ބީޓުބީ ބައްދަލުވުންތަކާއި، އާންމު ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތައް އެކުއެކީގައި ކުރިއަށްދާނެ އެވެ. މިއީ މުޅި ދުނިޔޭގެ މުސްލިމު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ މުހިންމު މާހައުލެކެވެ.

މި ހަރަކާތަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ރާއްޖޭގެ މުސްލިމު ފަތުރުވެރިކަމުގެ އައު ސިޔާސަތުތަކާއި، އިސްލާމީ އުސޫލުތަކަށް ފެތޭގޮތަށް ހުރި ހިދުމަތްތައް ދައްކާލުމަށް ވަނީ ރޭވިފަ އެވެ. އައިއެޗްޓީއޯ އިން ބުނާގޮތުގައި، މި ހަރަކާތުގެ ސަބަބުން ވިޔަފާރިވެރިންނާއި ފަތުރުވެރިންނާ ސީދާ ގުޅުން ބަދަހިވެ، ވިޔަފާރި ފުރުސަތުތަކަށް މަގުފަހިވާނެ އެވެ.

ދުނިޔޭގެ ފެންވަރުގައި ހަލުވިކަމާއެކު ކުރިއަރަމުންދާ ހަލާލް ޓޫރިޒަމް އިންޑަސްޓްރީގެ އަގު މިހާރު އުޅެނީ 200 އާއި 300 ބިލިއަން ޑޮލަރާ ދެމެދުގަ އެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް މި އަދަދު 500 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ވިޒިޓް މޯލްޑިވްސްފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

1 ގަޑިއިރު ކުރިން - 12:27

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

67 ދުވަސް ކުރިން - 13:57

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

70 ދުވަސް ކުރިން - 16:15

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

71 ދުވަސް ކުރިން - 10:19