Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލޯކަލް ކައުންސިލް އިންތިހާބަށް 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ލޯކަލް ކައުންސިލް އިންތިހާބަށް 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު
136 ދުވަސް ކުރިން - 26 ޖެނުއަރީ 2026 11:35
މަޖިލިސް އިންތިހާބުގައި ވޯޓު ލަނީ/ ފޮޓޯ:މީސްމީޑިއާ
މަޖިލިސް އިންތިހާބުގައި ވޯޓު ލަނީ/ ފޮޓޯ:މީސްމީޑިއާ
ޚުލާސާ

ޝަރުތު ހަމަވާ 617 ފޯމަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ފޯމުތަކަށްވާއިރު، އަމިއްލަ ގޮތުން އިންތިހާބުގައި ބައިވެރިވުމަށް 133 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައި ކަމަށް އީސީން ހާމަކުރި.

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަކުރުމަށް ޖުމްލަ 1,010 މީހަކު ވަނީ ފޯމު ހުށަހަޅާފަ އެވެ. މީގެ ތެރެއިން މިހާތަނަށް ޝަރުތު ފުރިހަމަވެފައިވަނީ 750 ފޯމެވެ. ޝަރުތު ހަމަނުވުމުގެ ސަބަބުން އިތުރު 77 ފަރާތަކުން އަލުން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ޝަރުތު ހަމަވި ފޯމުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލީ ފަރާތްތަކެވެ. އެގޮތުން 617 ފޯމަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ފޯމުތަކަށްވާއިރު، އަމިއްލަ ގޮތުން އިންތިހާބުގައި ބައިވެރިވުމަށް 133 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފަ އެވެ.

Advertisement

Advertisement 1

ކައުންސިލް އިންތިހާބުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެ އެވެ. އެ ކޮމިޓީތަކުގެ މެންބަރުކަމަށް 734 މީހަކު ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 574 ފަރާތެއްގެ ޝަރުތު ވަނީ ހަމަވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ކުރިމަތިލީ 488 ފަރާތަކާއި އަމިއްލަ ގޮތުން ކުރިމަތިލީ 86 ފަރާތެކެވެ.

މިފަހަރުގެ އިންތިހާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްތަކާއި ސިޓީތަކަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މި ފުރުސަތު ހަމަވާނީ ކުރިއަށް އޮތް އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ. އެހެންކަމުން ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ވަގުތުގެ ކުރިން ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ލޯކަލް ކައުންސިލް އިންތިޚާބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

17 ދުވަސް ކުރިން - 14:14

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

31 ދުވަސް ކުރިން - 16:41