Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަސްދަޅު ކޭސް ދޫކުރުމުގައި އީ-ފާސް، ޕާސްޕޯޓް އަދި ލައިސަންސް ކާޑު ވެސް ބަލައިގަންނާނެ

މަސްދަޅު ކޭސް ދޫކުރުމުގައި އީ-ފާސް، ޕާސްޕޯޓް އަދި ލައިސަންސް ކާޑު ވެސް ބަލައިގަންނާނެ

އައިޝަތު ރުވާ ރިފްޢަތު
160 ދުވަސް ކުރިން - 26 ޖެނުއަރީ 2026 21:43
ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް ހުޅުމާލެ ފޭސް 2 ގައި އެމްޕީއެލް ޓަވަރު ޕީ ޓަވަރުން މަސްޑަޅޫކޭސް ބަހަނީ/ ފޮޓޯ: އެމްޕީއެލް
ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް ހުޅުމާލެ ފޭސް 2 ގައި އެމްޕީއެލް ޓަވަރު ޕީ ޓަވަރުން މަސްޑަޅޫކޭސް ބަހަނީ/ ފޮޓޯ: އެމްޕީއެލް
ޚުލާސާ

ފުރަތަމަ ރޭ އެކަނިވެސް މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 4,196 މަސްދަޅު ކޭސް ވަނީ ދޫކޮށްފައި.

ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ދޫކުރުމުގައި، އައިޑީ ކާޑުގެ އިތުރުން ޑްރައިވިން ލައިސަންސް، އީ-ފާސް އަދި ޕާސްޕޯޓް ވެސް ބަލައިގަންނާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރޭ ކުރިއަށް ދިޔައީ ވަރަށް އޮމާންކަމާއި އަމާންކަމާއެކުގައި ކަމަށެވެ. އަދި މި ހިދުމަތުގައި އުޅުއްވާ ހުރިހާ މުވައްޒަފުންނަށާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި އަހަރުގެ ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118,773 ގޭބީސީއަކަށެވެ. މީގެ ތެރޭގައި މާލޭގެ 61,755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56,918 ގޭބީސީ ހިމެނެ އެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަ އެވެ. ފުރަތަމަ ރޭ އެކަނިވެސް މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 4,196 މަސްދަޅު ކޭސް ވަނީ ދޫކޮށްފަ އެވެ.

Advertisement

Advertisement 1

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތަކަކީ:

  1. މާލޭގައި: މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑު.
  2. ހުޅުމާލެ ފޭސް 1 ގައި: އުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލް.
  3. ހުޅުމާލެ ފޭސް 2 ގައި: ކާމިލް ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ.
  4. ވިލިމާލޭގައި: ވެމްކޯ ސައިޓް.

ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލްތަކުންނެވެ. މަސްދަޅު ކޭސް ނެގުމަށް ޕޯޓަލް މެދުވެރިކޮށް ޝެޑިއުލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރުވެސް ވަނީ ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ކަރަންޓާއި ފެން ބިލުން ވެސް ވަނީ ޑިސްކައުންޓް ދީފަ އެވެ.

މިނިސްޓަރ އާދަމް ޝަރީފްމިފްކޯ
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހޯހޯ

159 ދުވަސް ކުރިން - 15:39

ކިތަންމެ މަސްދަޅަކާ އެހެނިހެން ތަކެތި ބެހިއަކަސް ތި ޕާޓީ އަށާ މިއަދުގެ ރައީސައް ވޯޓެއް ނުދޭނަން

ގުޅޭ ޚަބަރުތައް

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

13 ގަޑިއިރު ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

13 ގަޑިއިރު ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

16 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

16 ދުވަސް ކުރިން - 15:47

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟ ޚުލާސާއިން ބެލިއިރު މިއަދުވެސް ހުރީ 20 ރުފިޔާގައި

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟

22 ދުވަސް ކުރިން - 14:31

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

26 ދުވަސް ކުރިން - 09:03