Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޯދަ މަހަށާއި ޕީކް ސީޒަނަށް ކަރަންޓް ކެޕޭސިޓީ ސްޓެލްކޯއިން އިތުރުކުރަނީ

ރޯދަ މަހަށާއި ޕީކް ސީޒަނަށް ކަރަންޓް ކެޕޭސިޓީ ސްޓެލްކޯއިން އިތުރުކުރަނީ

ހައްވާ މިރުފާ
179 ދުވަސް ކުރިން - 25 ޖެނުއަރީ 2026 21:01
ވ. ތިނަދޫ އިންޖީނުގެއަށް ގެންދެވުނު 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް --- ފޮޓޯ:ސްޓެލްކޯ
ވ. ތިނަދޫ އިންޖީނުގެއަށް ގެންދެވުނު 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް --- ފޮޓޯ:ސްޓެލްކޯ
ޚުލާސާ

ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދުގައި އިތުރު 15 ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް

ސްޓެލްކޯއިން މިއަހަރުގެ ރޯދަ މަހަށާއި ޕީކް ސީޒަނަށް ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ ރޯދަ މަހާއި އިރުވައި މޫސުން ފެށޭ ދުވަސްވަރަކީ އާއްމު ގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ރޯދަ މަހާއި ޕީކް ސީޒަންގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ކަރަންޓުގެ ހިދުމަތެއް، 24 ގަޑިއިރު މެދު ކެނޑުމެއް ނެތި ދިނުމުގެ މަސައްކަަތް އެކުންފުނިން ދަނީ ކުރަމުންނެވެ.

ސްޓެލްކޯ އިން ބުނީ މާލެ އާއި ރާއްޖެ ތެރޭގެ ކަރަންޓު ކެޕޭސިޓީ ރަނގަޅު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކުގެ ތެރެއިން މި މަހު 14 ވަނަ ދުވަހުން ފެށިގެން އަލަށް ގެނައި ޖަނަރޭޓަރު ސެޓްތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

Advertisement

Advertisement 1

އެގޮތުން ވިލިމާލޭގައި އިތުރު 1،200 ކިލޯވޮޓްގެ ޖެންސެޓެއް ބަހައްޓައި ބޭނުންކުރަން ވަނީ ފަށާފަ އެވެ. އަދި ވ. ތިނަދޫ އިންޖީނުގެއަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވައި މިހާރު ވަނީ ޖަނަރޭޓަރުން ހިދުމަތް ދޭން ފަށާފަ އެވެ. އެ ޖަނަރޭޓަރާއެކު ތިނަދޫ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 1،539 ކިލޯވޮޓަށް އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އަދި ހަމަ އެހެންމެ އއ. މަތިވެރިއަށް ވެސް 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ވަނީ ފޮނުވާފަ އެވެ. އަދި މަތިވެރީގައި ވެސް މިހާރު ޖަނަރޭޓަރުގެ ބޭނުން ދަނީ ކުރަމުންނެވެ. އާ ޖަނަރޭޓަރު ސެޓާއެކު މަތިވެރީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 1،650 ކިލޯވޮޓަށް އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މީގެ އިތުރުން އއ. އުކުޅަހަށާއި އއ. ތޮއްޑޫ އަދި ކ. ގުރައިދު އަށްވެސް ވެސް 1،000 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓުތައް ފޮނުވައި ހިދުމަތްދޭން މިހާރު ވަނީ ފަށާފަ އެވެ. އާ ޖަނަރޭޓަރު ސެޓުތަކާއެކު އުކުޅަހުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 2،564 ކިލޯވޮޓަށް އިތުރުވެފައި ވާއިރު ތޮއްޑޫގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 3،592 ކިލޯވޮޓަށް އަދި ގުރައިދޫގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2،960 ކިލޯވޮޓަށް ވަނީ އިތުރުކޮށްފަ އެވެ.

މާލެ ސަރަހައްދާއި ވަކި ވަކި ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ ސަބަބުން ރޯދަ މަހަށާއި އަދި ކުރިއަށް އޮތް ހޫނުގަދަ ދުވަސްތަކުގައި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ކަރަންޓު ހިދުމަތް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯރޯދަމަސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

3 ދުވަސް ކުރިން - 19:54

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

61 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

61 ދުވަސް ކުރިން - 12:41

ހޮނުއެޅުމުގެ ސަބަބުން ކަރަންޓު ނުލިބޭނަމަ ރިޕޯޓުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

"ކަރަންޓު މައްސަލަ އުޅޭނަމަ ރިޕޯޓުކުރައްވާ"

86 ދުވަސް ކުރިން - 08:39

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަޒްވަރު އައްޔަނުކޮށްފި

86 ދުވަސް ކުރިން - 14:59

މަގު ކޮނުމުގައި ކޭބަލަކަށް ގެއްލުން ވުމުން އޭގައި ޓޭޕް އޮޅައި ސްޓެލްކޯއަށް ސިއްރުކޮށްފައިވޭ: ސްޓެލްކޯ

"ކޭބަލަކަށް ގެއްލުންވުމުން އޭގައި ޓޭޕް އޮޅައި ސިއްރުކޮށްފައިވޭ"

89 ދުވަސް ކުރިން - 00:18