މާލެ ސިޓީ ކައުންސިލްއިން ރޯދަ މަހާއި ދިމާކޮށް މާލެއް ސިޓީ ގޭގެ ގައި ހުރި ބާ ވެފާވާ މުސްހަފްތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ސިޓީ ކައުންސިލްއާ ހަވާލު ކުރުމުން، އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުސްގަފް ތަކާއި ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ (صلىالله عليهوسلم) ހަދީސްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، އެ އިދާރާ އާ ހަވާލު ކުރެވޭނެ އިންތިޒާމް ކޮށްފައި ވާނެ ކަމަށެވެ. އަދި އެކައުސިލުން އިންތިޒާމް ކޮށްފައިވާގޮތުގެ މަތިން އެފަދަ ތަކެތި ނައްތާލަދޭނެ ކަމަށެވެ.
އެގޮތުން މުސްހަފްތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުން، ކައުސިލާ ހަވާލުކުރުމަށް ގެނެވޭނީ 26 ޖެނުއަރީ ފެށިގެން 29 ޖެނުއަރީގެ ނިޔަލަށެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 09:00 ފެށިގެން މެންދުރު 12:00 އަށެވެ. އަދި ކޮންމެ ދުވަހަކު މެންދުރު ފަހު 01:00 ފެށިގެން ހަވީރު 05:00 ޖެހުމާއި ހަމަޔަށެވެ.
ތަކެތި ބަލައިގަންނަ ތަންތަން:
- މާލެ : ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ)
- ވިލިމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
- ހުޅުމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް
މާލެ ސިޓީ ކައުސިލުގެ އިއުލާނުގައި ބުނެފައިވަނީ އެއިދާރާއިން ބަލައިގަންނާނީ ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ ތަކެތި އެކަނި ކަމަށެވެ. އަދި އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާނަމަ އެކައުންސިލުން އަންގާފައިވަނީ މި 7994565 ނަމްބަރު ފޯނަށް ގުޅުއްވުމަށެވެ.





