Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޯދަ ހަދިޔާ، މަސްދަޅު ކޭސް ދޫކުރަން ފެށުން މިރޭ، ޕޯޓަލް މެދުވެރިކޮށް މިހާރު ވެސް ނަންބަރު ނެގޭނެ!

ރޯދަ ހަދިޔާ، މަސްދަޅު ކޭސް ދޫކުރަން ފެށުން މިރޭ، ޕޯޓަލް މެދުވެރިކޮށް މިހާރު ވެސް ނަންބަރު ނެގޭނެ!

މުހައްމަދު ޖަމްޝަތު
128 ދުވަސް ކުރިން - 24 ޖެނުއަރީ 2026 12:28
ރޯދަ ހަދިޔާއަށް ދޭ މަސްދަޅުކޭސް މިރެއިން ފެށިގެން ބަހަން ފަށަން ސަރުކާރުން ވަނީ ނިންމާފައި---
ރޯދަ ހަދިޔާއަށް ދޭ މަސްދަޅުކޭސް މިރެއިން ފެށިގެން ބަހަން ފަށަން ސަރުކާރުން ވަނީ ނިންމާފައި---
ޚުލާސާ

ރާއްޖޭގެ ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅު ކޭސް ލިބޭނެކަން ކަށަވަރު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައި

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ގޭބީސީތަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ މަރުކަޒުތަކުގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސިޓީސް މިިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރޯދަ ހަދިޔާއަށް ދޭ މަސްދަޅުކޭސް ބަހަށް ފަށާނީ މިރޭ 8:30 އިން ފެށިގެންނެވެ. މާލެ ސަރަހައްދުން މަސްދަޅު ކޭސް ބެހުމަށް 15 މަރުކަޒެއް ކަނޑައަޅާފައިވާއިރު އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ކިއުގައި ޖެހޭކަށް ނުޖެހޭނެ އެވެ.

މަސްދަޅު ކޭސް ނަންގަވަން ބޭނުންވާ ފަރާތްތަކަށް roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ޓޯކެން ނަމްބަރު ނެގޭނެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. ޓޯކަން ދޫކުރާނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ 18 އަހަރުވެފައިވާ ފަރާތްތަކަށް ކަމަށާއި ޕޯޓަލްގައި ފުރިހަމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަ ކުރުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Advertisement

Advertisement

https://x.com/MoCLPmv/status/2014946478670938319?s=20

މާލެ ސަރަހައްދުގައި މި އަހަރުގެ ރޯދަ ހަދިޔާ ބަހާނީ މިރެއިން ފެށިގެން 13 ފެބުރުވަރީ 2026 ގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމަށްޓަކައި 15 މަރުކަޒެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ؛

މާލެ

  1. މިފްކޯ މަރުކަޒު
  2. ސޯޝަލް ސެންޓަރު
  3. ގަލޮޅު ބޯޅަދަނޑު
  4. ހެންވޭރު ބޯޅަދަނޑު
  5. އެމްޓީސީސީ ސޯމިލު

ހުޅުމާލެ ފޭސް 1

  1. އުމަރު ޒާހިރު ބިލްޑިން
  2. ޕޮލްކޯ ޓަވަރު
  3. މުހައްމަދު ގާސިމް ޕްރީސްކޫލް

ހުޅުމާލެ ފޭސް 2

  1. ހިޔާ ޓަވަރު 10
  2. ކާމިލުދީދީ ސްކޫލް
  3. އެމްޕީއެލް ޓަވަރު P

ވިލިމާލެ

  1. ވެމްކޯ ސައިޓް

ރަށްރަށުގައި މިކަން ކުރިއަށްދާނީ އެސްޓީއޯ އާއި ކައުންސިލްތައް ގުޅިގެން، ރަށުގެ ގޭބިސީތަކުގެ ލިސްޓަށް ބަލައިގެންނެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ފެން މީޓަރަކަށް ކޭހެއްގެ އުސޫލުންނެވެ.

މިއަހަރުގެ ރޯދަމަހު މަހު ޖުމްލަ 118,673 ގޭބިސީއަކަށް މަސްދަޅު ކޭސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީއާއި މާލެ ސަރަހައްދުގެ 61,755 ގޭބިސީ ހިމެނެ އެވެ.

ރޯދަމަސް 2026ސިޓީސް މިނިސްޓްރީ (އުވާލެވިފައި)

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

15 މިނެޓު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

13 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

20 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

21 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

22 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%