Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަލިފާނުގެ ހާދިސާ އާ ގުޅިގެން ކުރަންޖެހޭ މަރާމަތުގެ މަސައްކަތް މިދަނީ ކުރަމުން: އެފްޑީސީ

އަލިފާނުގެ ހާދިސާ އާ ގުޅިގެން ކުރަންޖެހޭ މަރާމަތުގެ މަސައްކަތް މިދަނީ ކުރަމުން: އެފްޑީސީ

ހައްވާ މިރުފާ
228 ދުވަސް ކުރިން - 24 ޖެނުއަރީ 2026 11:50
އަމާން ދޯދި ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ---ފޮޓޯ:ހުރިހާ
އަމާން ދޯދި ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ---ފޮޓޯ:ހުރިހާ
ޚުލާސާ

އިއްޔެ މެންދުރުގެ ވަގުތެއްގައި އެފްޑީސީއިން ތަރައްގީ ކުރަމުން އަންނަ އަމާން ދޯދި ޓަވަރު އެކެއްގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެފްޑީސީއިން ނެރުން ބަޔާނުގައި ކަށަވަރުކޮށްދީފި

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ދެނެގަނެ، ކުރަންޖެހޭ މަރާމަތުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެފްޑީސީއިން ބުނެފި އެވެ.

އަލިފާން ހިނގީ އަމާން ދޯދި ޓަވަރު އެކެއްގެ ގުރައުންޑު ފުލޯގައި ބަހައްޓާފާ ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް އެފްޑީސީއިން މައުލޫމާތު ދީފައިވެ އެވެ. މި ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ރިޕޯޓު ކުރުމުން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެފްޑީސީއިން ބުނެ އެވެ.

ހަދިސާ ހިނގުމާއި ގުޅިގެން އެ ޓަވަރުތަކުގައި ދިރި އުޅޭ ފަަރާތްތަކަށް އަންގަންޖެހޭ މައުލޫމާތު އެ ކޯޕަރޭޝަނުން އޮފިޝަލް ވައިބާ ގުރޫޕުތައް މެދުވެރިކޮށް އަންގާފައިވާނެ ކަމަށް އެފްޑީސީއިން ބުނެފައިވެ އެވެ. އޭގެ އިތުރުން އެހާދިސާ މެދުވެރިވާން ދިމާވި ސަބަބާއި، ހާދިސާގެ ސަބަބުން އިމާރަތަށް ލިބުން ގެއްލުންތައް ދެނެގަނެ މަރާމަތު ކުރުމުގެ މައަސަކަތް އެކޯޕަރޭޝަނުން ކުރަަމުންދާ ކަމަށް އެފްޑީސީއިން ނެރުން ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

Advertisement 1

މީގެއިތުރުން އެކޯޕަރޭޝަނުން ނެރުން ބަޔާނުގައިވަނީ ސޯޝަލް މީޑިއާގައި އެ އިމާރާތުގެ ވެންޓިލޭޝާން ގޮޅިތަކާއި ކުނި އުކާލާ ނިޒާމާ ބެހޭ ގޮތުން ދެކެވިފައިވާ ވާހަކަތަކަށް ރައްދުދީ އެވާހަކަށް ދޮގުކޮށްފަ އެވެ. އަދި އެފަދަ ހާދިސާތަކާއި ގުޅިގެން މައުލޫމާތު ފޯރުކޮށްދޭ އިރު ޒިންމާދާރު ކަމާއެކު މައުލޫމާތު ހިއްސާ ކުރުމަށް ވެސް އިލްތިމާސް ކޮށްފައި އެވެ. މައުލޫމާތު ކަށަވަރު ކުރަން ބޭނުންވާނަމަ އެކޯޕަރޭޝަންގެ އޮފިޝަލް ވައިބާ ގުރުޕް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހިއްސާ ކުރާ މައުލޫމާތަށް ރިއާއަތް ކުރުމަށް އެދިފައި އެވެ.

މުސްތަގުބަލުގައި އެފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެކޯޕަރޭޝަނުން ބުނެފައި އެވެ. އަދި އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ވެސް ބުނެފައި އެވެ. އޭގެ އިތުރުން ކުނި އުކާލަން ހާއްސަ ކުރެވިފައިވާ ތަންތަނަށް އެކަނި ކުނި ނެރުމަށް ސަމާލުކަން ދިނުމަށް އެފްޑީސީންއިންވަނީ އިއުތިމާސް ކޮށްފައެވެ.

އަލިފާންއެމްއެންޑީއެފްފަހި ދިރިއުޅުން ކޯޕަރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔާމީނުގެ ސްޓަންޓް ބޭޒާރުވެއްޖެ، ތަހުގީގު ފެށީމާ ވިދާޅުވީ “ނޭނގޭ” ކަމަށް!

ޔާމީނުގެ ސްޓަންޓް ބޭޒާރުވެއްޖެ، ތަހުގީގު ފެށީމާ ވިދާޅުވީ “ނޭނގޭ” ކަމަށް!

1 ދުވަސް ކުރިން - 14:54

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

2 ދުވަސް ކުރިން - 20:12

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

3 ދުވަސް ކުރިން - 13:15

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، ފެތުރެމުންދާ ވަރުގަދަ ދުމުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

އިންޑޮނޭޝިއާ އަލިފާނުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

6 ދުވަސް ކުރިން - 12:45

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ

16 ދުވަސް ކުރިން - 09:27