Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

999 ރުފިޔާއަށް މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށައިފި

999 ރުފިޔާއަށް މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
229 ދުވަސް ކުރިން - 23 ޖެނުއަރީ 2026 15:39
މޯލްޑިވިއަނުން ސީޕްލޭންގެ ހިދުމަތް ވެލިދޫއަށް ފެށުން. / ފޮޓޯ: އައްބާސް (ވެލިދޫ ދާއިރާގެ މެންބަރު)
މޯލްޑިވިއަނުން ސީޕްލޭންގެ ހިދުމަތް ވެލިދޫއަށް ފެށުން. / ފޮޓޯ: އައްބާސް (ވެލިދޫ ދާއިރާގެ މެންބަރު)
ޚުލާސާ

ދަތުރުތައް އޮންނަނީ ކޮންމެ ހަފްތާއަކު ބުދަ އައި ހުކުރު ދުވަހު. ޓިކެޓާއި މައުލޫމާތު ސާފުކުރުމަށް scc@iasl.aero އަށް މެއިލް ކުރައްވާ. ނުވަތަ ހޮޓްލައިން 1671 އަށް ގުޅުއްވާ

ރަށްރަށް ގުޅުވައި ސަރަހައްދީ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށައިފި އެވެ.

ޕްރޮމޯޝަންގެ ދަށުން ދިވެހިންނަށް މާލެއިން ވެލިދޫއަށް ކުރާ ސީޕްލޭންގެ ދަތުރުގެ އަގެއް ކަމަށް މީގެ ކުރިން މޯލްޑިވިއަނުން ހާމަކޮށްފައިވަނީ 999 ރުފިޔާ އެވެ. މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެއީ، ބުދަ އަދި ހުކުރު ދުވަހު އެވެ.

ސީޕްލޭން މެދުވެރިކޮށް މޯލްޑިވިއަނުން ކުރާ މި ދަތުރުތަކުގެ ސަބަބުން އެ އަތޮޅުގެ އެހެން ރަށްތަކަށް ވެސް ދަތުރުކުރަން ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ރަށްރަށުގެ ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ހާމަކުރެ އެވެ.

Advertisement

Advertisement 1

މިއީ ސީޕްލޭން މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްރަށަށް މޯލްޑިވިއަނުން ކުރާ ތިން ވަނަ ރަށެވެ. ބ. އަތޮޅު ކަމަދޫ އާއި އެ އަތޮޅުގެ ފުޅަދޫއަށް މިހާރުވެސް ސީޕްލޭންގެ ދަތުރުތައް ކުރެ އެވެ.

ވެލިދޫ އަށް ސީޕްލޭންގެ ހިދުމަތް ފެށުމާއެކު އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ އެ ހިދުމަތް ވެލިދޫ އަށް ފެށިގެން ދިއުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމުގައި ކަމަށާއި، ވެލިދޫ އަދި ދާއިރާގެ ތަރައްގީ އަށް ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިން ވިޔަސް ކުރެވޭ ކޮންމެ ކަމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން ކުރެވިގެންދާ ކަމެއްކަމަށް ދާއިރާގެ ރައްޔިތުން ހެޔޮ ހިތުން ގަބޫލު ކުރެއްވުން އެދޭ ކަމަށެވެ.

އައްބާސް މިފަދައިން ވިދާޅުވި ނަމަވެސް ސަރުކާރުން ވެލިދޫ ދާއިރާ އަށް ކޮށްދެއްވަން ހުރި ތަރައްގީގެ މަޝްރޫއުތަކަށް އެމަނިކުފާނުގެ ފަރާތުން އެއްބާރުލުންދޭ މަންޒަރެއް ނުފެނެ އެވެ. އެކަމަށްޓަކައި އެ ދާއިރާގެ ބައެއް ރައްޔިތުންގެ ނުރުހުން ވެސް ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.

ސީޕްލޭންގެ ޓިކެޓު ނެންގެވުމަށާއި މައުލޫމާތު ސާފު ކުރެއްވުމަށް scc@iasl.aero އަށް މެއިލް ކުރެއްވުމަށް ނުވަތަ ހޮޓްލައިން ނަންބަރު 1671 އަށް ގުޅުއްވުމަށް މޯލްޑިވިއަނުން އެދެ އެވެ.

މޯލްޑިވިއަންނ. ވެލިދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

54 ދުވަސް ކުރިން - 00:07

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

102 ދުވަސް ކުރިން - 22:03

ނ. ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

151 ދުވަސް ކުރިން - 13:32

މޯލްޑިވިއަނުން އަންނަ މަހު އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި އޮސްޓްރޭލިއާއާ،ދެމެދު ސީދާ ދަތުރުތައް ފަށަނީ

174 ދުވަސް ކުރިން - 14:09

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

181 ދުވަސް ކުރިން - 16:58

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

184 ދުވަސް ކުރިން - 14:29