Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާމީ އެންމެ ބާރުގަދަ ދެލަޝްކަރު އީރާނާއި އެކު

އިސްލާމީ އެންމެ ބާރުގަދަ ދެލަޝްކަރު އީރާނާއި އެކު

ޢަބްދުﷲ ޖުނައިދު
222 ދުވަސް ކުރިން - 21 ޖެނުއަރީ 2026 21:03
ތުރްކިޔޭގެ ރައީސް އެރްދޮޣާން (ކ) އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް (ވ)ވިދާޅުވީ ޚާމަނާއީގެ ސަރުކާރަށް ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށް.
ތުރްކިޔޭގެ ރައީސް އެރްދޮޣާން (ކ) އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް (ވ)ވިދާޅުވީ ޚާމަނާއީގެ ސަރުކާރަށް ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށް.
ޚުލާސާ

ޕާކިސްތާނާއި ތުރްކިޔޭ އިން ބުނީ އީރާނު ދިފާޢު ކުރުމުގައި ދެމިތިބޭނެ ކަމަށް

އިސްލާމީ ދައުލަތްތަކުގެ ތެރެއިން އަސްކަރީ ގޮތުން އެންމެ ކުރިއަރާފައިވާ ދެޤައުމު ކަމަށްވާ ޕާކިސްތާނާއި ތުރްކިޔޭ އިން އޮތީ އީރާނުގެ ސަރުކާރާއި އެކު ކަމަށް އެ ދެޤައުމުން ބުނެފިއެވެ.

ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރު ހުރި ހަމައެކަނި މުސްލިމު ޤައުމެވެ. ޕާކިސްތާނު އޮންނަ ލޮކޭޝަނުގެ ސަބަބުން ފަސޭހަ ކަމާއި އެކު އީރާނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އަނެއްކޮޅުން ތުރްކިޔޭ އަކީ ޔޫރަޕާއި އޭޝިޔާއާއި އަދި މެދުއިރުމައްޗާއި ވެސް ބޯޑަރު ހިއްސާ ކުރާ މާސިންގާ އަސްކަރީ ފައުޖަކާއި ވަރުގަދަ ޑިފެންސް އިންޑަސްޓްރީއެއް އޮންނަ ގަދަ ބާރެކެވެ. އަމިއްލަ ޑްރޯންތަކާއި ޓޭންކާއި ހަނގުރާމަ މަތީ މަނަވަރުތައް އުފައްދާ ޤައުމެކެވެ.

Advertisement

Advertisement 1

މި ދެޤައުމުން އީރާނުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައި މި ވަނީ އީރާނަށް ޙަމަލާ އެއް ދިނުމަށް އިސްރާއީލުން އެމެރިކާ ލައްވައި މަސައްކަތްތައް ކުރާ ދަނޑިވަޅެއްގައެވެ.

އީރާނުން ބުނެފައި ވަނީ އެމެރިކާ ނުވަތަ އިސްރާއީލުން ދޭ ކޮންމެ ޙަމަލާ އަކަށް ވަރަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. 

ތެހެރާނުގެ ސަރުކާރުން ބުނީ އެޤައުމުގެ އެއްވެސް ސަރަޙައްދަކަށް ޙަމަލާ ދީފި ނަމަ، އީރާނުން ރައްދު ދޭނީ އެއަށްވުރެ ބޮޑު ބާރަކާއި އެކުގައި ކަމަށާއި ބަދަލު ހިފުމަށް ފަސްނުޖެހޭނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އަޑީގައި ތިބެގެން އީރާނުގައި އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ތަކަށް 20 ދުވަސް ވެފައި ވާއިރު މިހާތަނަށް ފަސްހާހެއްހާ މީހުން މަރުވެއްޖެ ކަމަށް ބައެއް ޚަބަރު ބުނެއެވެ.

ރޫހާނީ ލީޑަރު ޚާމަނާއީ ވިދާޅުވީ އީރާނުގެ މުޒާހަރާތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ޓްރަމްޕެވެ. ސަބަބަކީ ޓްރަމްޕް ގެންދަވަނީ އީރާނުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން އުފައްދަން މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެމުން ކަމަށް ޚާމާނާއީ ވިދާޅުވިއެވެ.

ޕާކިސްތާންތުރްކިއޭއީރާންމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

11 ގަޑިއިރު ކުރިން - 09:12

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

1 ދުވަސް ކުރިން - 16:37

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

1 ދުވަސް ކުރިން - 09:01

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

1 ދުވަސް ކުރިން - 07:21

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

3 ދުވަސް ކުރިން - 23:23

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

6 ދުވަސް ކުރިން - 09:54