3 ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު | 39 ދުވަސް ކުރިން - 21 ޖެނުއަރީ 2026 18:01
ގއ. ވިލިނގިލީގައި ގުރުއާން ސެންޓަރެއް އެޅުމަށް ސޮއިކޮށް ކޮންޓްރެކްޓަރާ އެއްބަސްވުން ބަދަލުކުރަނީ---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގއ. ވިލިނގިލީގައި ގުރުއާން ސެންޓަރެއް އެޅުމަށް ސޮއިކޮށް ކޮންޓްރެކްޓަރާ އެއްބަސްވުން ބަދަލުކުރަނީ---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މިއީ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތައުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއު ތަކެއް

ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން، ތިން ރަށެއްގައި އިސްލާމީ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ. 

އިސްލީމީ މަރުކަޒު އަޅަން ހަވާލުކުރި ތިން ރަށަކީ ޅ. ނައިފަރު، ހއ. އިހަވަންދޫ އަދި ގއ. ވިލިނިގިއްޔެވެ. އިސްލާމީ މަރުކަޒުގެ އިތުން ވިލިނގިލީގައި ގުރުއާން މަރުކަޒެއް ތަރައްގީކުރުމަށާއި ކ. ގުޅީގައި މިސްކިތެއް އެޅުމުގެ މަސައްކަތްވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއު ތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ނައިފަރު އިސްލާމިކް މަރުކަމުގެ މަސައްކަތް ހަވާލުކޮށްފަވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ މަރުކަޒުގެ މިސްކިތް ބައިގައި 1،000 މީހުންގެ ޖާގަ ހުންނައިރު ވުޟޫ ކުރާ ތަނަކާއި ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިހަވަންދޫ އިސްލާމީމަރުކަޒުގެ މަސައްކަތް ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިޓެޑާ އަށެވެ. އެ މަރުކަޒުގައި 700 މީހުންގެ ޖާގައިގެ މިސްކިތު ބަޔަކާއި ވުޟޫކުރާ ބައިގެ އިތުރުން ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްގީކުރާނެ އެވެ.

ވިލިނގިލީގައި ތަރައްގީކުރާ އިސްލާމީ މަރުކަޒަކީވެސް 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު ވުޟޫކުރާނެ ބަޔަކާއި ކްލާސްރޫމާއި، ލައިބްރަރީ، އަދި ކޮންވެންޝަން ހޯލް ހިމެނޭ މަރުކަޒެކެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑަށެވެ.

ވިލިނގިލީގައި ތަރައްގީކުރާ ގުރުއާން މަރުކަޒުގެ މަސައްކަތް ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތުގެދަށުން، ކްލާސްރޫމް، ހިފްޒް ކޮޓަރި އަދި އޮފީސް ޖާގަ ތަރައްގީ ކުރާނެ އެވެ.

މީގެ އިތުރުން ގުޅީގައި ތަރައްގީކުރާ 500 މީހުންގެ ޖާގައިގެ މިސްކިތް އެޅުމުގެ މަސައްކަތްވެސް ހަވާލުކުރީ އަފާމީ މޯލްޑިވްސް އަށެވެ. މި މަޝްރޫއުގެ ދަށުން ފިރިހެނުންނާ އަންހެނުން ނަމާދުކުރާނެ ޖާގަ އާއި ކްލާސްރޫމަކާ ލައިބްރަރީއެއް ވެސް ތަރައްގީ ކުރާނެ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%