ބޯހިޔާވަހިކަމަކީ ސަރުކާރުންދޭ ހަދިޔާއެއް ނޫން، އެއީ ސަރުކާރުގެ ޒިންމާއެއް: މުއްތަލިބު

ހައްވާ މިރުފާ | 3 ދުވަސް ކުރިން - 21 ޖެނުއަރީ 2026 15:49
މިނިސްޓަރު މުއްތަލިބު. މިނިސްޓަރު ވިދާޅުވީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ފްލެޓަށް ހުށަހެޅޭނެ ކަމަށް--- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
މިނިސްޓަރު މުއްތަލިބު. މިނިސްޓަރު ވިދާޅުވީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ފްލެޓަށް ހުށަހެޅޭނެ ކަމަށް--- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ޚުލާސާ

މި ހައުސިން ޕުރޮޖެކްޓުގެ މަގުސަދަކީ ހުރިހާ ގިންތިއެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވެވުން ކަމަށް މިނިސްޓަރު ވިދާޅުވި

ބޯހިޔާވެހިކަމަކީ ސަރުކާރުންދޭ ހަދިޔާއެއް ނޫން ކަމަށާއި، އެއީ ސަރުކާރުން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ ޒިންމާއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ، އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމަށް ދެއްްވި އިންޓަވިއުއެއްގަ އެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް އެދި ހުށައެޅުމަށް، މިމަހުގެ 18 ވަނަ ދުވަހުވަނީ ހުޅުވާލެވިފައި އެވެ. މި ސްކީމަށް ފުލެޓްތަކަށް އެދި ހުށައެޅޭނީ އެޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ގޯޗަށް އެދި ހުށައެޅޭނީ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ފުލެޓަށް އެދުމަށް ތިން މަސްދުވަސް އަދި ގޯޗަށް އެދުމަށް 45 ދުވަހުގެ މުއްދަތުގެ ތެރޭގައި އެވެ. ފުލެޓްތަކަށް އެދެން ބޭނުންވާ ފަރާތްތަކަށް މި ސްކީމަށް މިހާރު ފޯމު ހުށައެޅޭނެ އެވެ.

މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި ހައުސިން ޕުރޮޖެކްޓުގެ މަގުސަދަކީ މުުޖުތަމައުގެ ހުރިހާ ގިންތީގެ ރައްޔިތުންނަށް ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ. އަދި ބޯހިޔާވެހިކަމަކީ ސަރުކާރުންދޭ ހަދިޔާއެއް ނޫން ކަމަށާއި، އެއީ ސަރުކާރުން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ފުލެޓްއަށް ހުށަހެޅޭނެ އެވެ. އީފާސްގެ އެހީގައި އޮޓޯއިން މައުލޫމާތު ފުރިހަމާވާ ގޮތަށް ތައްޔާރު ކުރެވުފައިވާ ފޯމުތަކަކީ މައުލޫމާތު ފުރިހަމަކޮށް ހުށައެޅުމަށް ފަސޭހަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ފޯމެކެވެ.

މިހާތަނަށް ޖުމްލަ 1،877 އެޕްލިކޭޝަން ފޯމު މި ސްކީމަށް ހުށައެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެތެރޭގައި ގޯއްޗަށް އެދި ދުވިސައްތަ އެކާވިސް ފަރާތަކުން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަމަ އެހެންމެ ދެ ތިން ދުވަހެއްގެ ތޭރޭގައި މިހާ ބައިވަރު ފޯމު ހުށައެޅިފައި ވާއިރު ބޭނުންވާ ސައްހަ ލިޔެކިޔުމާއި މައުލޫމާތުތައް ހަމަކޮށްގެން ވީހާވެސް ފުރިހަމަ އެޕްލިކޭޝަން ހުށައެޅުމަށް މިނިސްޓަރުވަނީ ބާރު އަޅުއްވާފަ އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމުން ދެވޭ ފުލެޓާއި ގޯތީގެ އަދަދަށް ބަލާއިރު؛

  1. ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ. ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3،000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނޭ
  2. މާލެ ސަރަހައްދުން ސަރުކާރުން ދޫކުރުމަށް ހަމަޖެހިވަނީ 7،900 ފްލެޓެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފްލެޓް ވަނީ ކަނޑައަޅާފަ
  3. ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3،000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނޭ
  4. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ހާއްސަކޮށްފަ އެވެ. އަދި ކުރީގެ ސްކީމަކުން އެކެއް ނުވަތަ ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނޭ

"ބޯހިޔާވެހިކަން އެނެމެނަށް" މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މި ސްކީމް ވާނީ ބޯހިޔާވެހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އައިލާތަކަށް ބޯހިޔާވެހިކަން ޔަގީންކޮށްދޭ ޕުރޮޖެކްޓަކަށް ކަމަށް މިނިސްޓަރު ފާހަކުރެއްވި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%