ޣައްޒާ ބޯޑު: ޓްރަމްޕް ދިން ދަޢުވަތަށް ނިއުކްލިއާ ދެބާރުން ދެކޮޅު - ރިޕޯޓް

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 21 ޖެނުއަރީ 2026 09:43
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން (ކ) އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާ
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން (ކ) އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާ
ޚުލާސާ

އިނގިރޭސިވިލާތާއި ފުރާންސުން ބުނީ ބުނީ ޣައްޒާ މައްސަލަ ހައްލު ކުރުމަށް އެކުލަވާލާފައިވާ ޗާޓަކީ ޣައްޒާގެ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށް

ޣައްޒާގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ އެކުލަވާލާ ބައިނަލްއަގްވާމީ ސުލްހައިގެ ބޯޑާއި ގުޅުމަށް ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުންނާއި ހާއްސަކޮށް ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކުން ދެކޮޅު ހަދަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާ ޕީސް ބޯޑުގައި ބައިވެރިވުމަށް ރަޝިއާ އާއި އިނގިރޭސިވިލާތާއި ފުރާންސަށް ދަޢުވަތު ދީފައެވެ. މިކަމުގައި ރަޝިއާ އިން އަދި ވަކި އެއްޗެއް ބުނެފައި ނުވާ އިރު ފުރާންސުން ވަނީ ޓްރަމްޕުގެ އެދުމަށް ދެކޮޅު ހަދާފައި ކަމަށް ރައީސް އިމަނުއެލް މެކްރޮން އާއި ގާތް މަސްދަރަކާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ފްރާންސުން ބުނީ ޣައްޒާ މައްސަލަ ހައްލު ކުރުމަށް އެކުލަވާލާފައިވާ ޗާޓަކީ ޣައްޒާގެ މަސްލަހަތު ފުށޫ އަރާ ކަމަށެވެ.

ޓްރަމްޕް ބުނީ ޣައްޒާ ބޯޑުގެ ދާއިމީ މެންބަރަކަށް ވުމަށް ބޭނުން ކަމަށް ވާނަމަ 1 ބިލިއަން އެމެެރިކާ ޑޮލަރު ދޭން ވާނެ ކަމަށެވެ. މިކަމާއި ގުޅިގެން ކެނެޑާއިން ބުނީ ފައިސާ ދީގެން ގޮނޑިއެއް ހޯދާކަށް ނުޖެހޭނެ ކަމަށެވެ.

ޔުނައިޓެޑް ކިންގްޑަމް އާއި ޖަރުމަން ގެ އިތުރުން ސްވިޑެން އަދި ނެދަލެންޑްސް އާއި ގްރީސް ގެ ސަރުކާރުން ވެސް ޓްރަމްޕުގެ ދައުވަތަށް މަރުޙަބާ ނުކިޔާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޣައްޒާގެ ބޯޑާއި ގުޅުމަށް ހަންގޭރީ، ވިއެޓްނާމް، ކަޒަކިސްތާން، އާޖެންޓީނާ، އަދި މޮރޮކޯ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތަކުން ބޭނުމެވެ.

ރަޝިޔާގެ ރައީސް ޕޫޓިންއަށް ވެސް ޓްރަމްޕް ވަނީ ދައުވަރު ދީފައެވެ. ކްރެމްލިން އިން ދަނީ އެ ތަފްސީލުތައް ދިރާސާ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%