ސީރިއާ އިން އައިއެސްގެ 81 މީހުން ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 21 ޖެނުއަރީ 2026 09:26
ސީރިއާގެ ރައްގާ ޕްރޮވިންސްގެ ޖަލެއްގެ ކައިރީގައި ހަނގުރާމަވެރިން ހަރަކާތްތެރި ވަނީ
ސީރިއާގެ ރައްގާ ޕްރޮވިންސްގެ ޖަލެއްގެ ކައިރީގައި ހަނގުރާމަވެރިން ހަރަކާތްތެރި ވަނީ
ޚުލާސާ

އެމެރިކާގެ ތާއީދު އޮންނަ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އިން ބަލަހައްޓާ ޖަލުން ފިލައިގެން ދިޔަ އައިއެސް މީހުންގެ ތެރެއިން 81 މީހަކު ހައްޔަރު ކޮށްފި

ސީރިއާގެ ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބަލަހައްޓަ ޖަލުން ފިލައިގެން ދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ 81 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސީރިއާގެ ދާޚިލީ މިނިސްޓްރީން ބުނެފިއެވެ.

އެސްޑީއެފް އަކީ އެމެރިކާ އިން ހަތިޔާރާއި ފައިސާގެ އެހީ ފޯރުކޮށްދޭ އަސްކަރީ އިއްތިހާދެކެވެ. މި ފޯސް މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވަނީ ސީރިއާގެ އިރުއުތުރުގައެވެ. މި ޖަމާޢަތް އުފެއްދީ 2015 ވަނަ އަހަރު އައިއެސް ޖަމާއަތާއި ހަނގުރާމަ ކުރުމަށެވެ. މިއީ ކުރުދީ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) އިން ލީޑު ކުރާ ފޯސް އެކެވެ.

ސީރިޔާގެ އިންޓީރިއާ މިނިސްޓްރީ އިން ބުނީ އެސްޑީއެފް އިން ބަލަހައްޓާ އަލް ޝައްދާދީ ޖަލުން އައިއެސްގެ 120 ވަރަކަށް މީހުން ފިލައިގެން ދިޔަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%