އަވަށްޓެރި އިންޑިއާގައި އެތެއް ޙަމަލާދީ ދިހަދުވަސް ތެރޭ 22 މީހުން މަރާލައިފި ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާ އަކީ އެތުގެ ނުރައްކާ ބޮޑު ޤައުމެކެވެ. އެ ޤައުމުގެ ޕާލަމެންޓުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ފާއިތުވީ ފަސްއަހަރުތެރޭ އިންޑިއާގެ 2,853 މީހުން ވަނީ މިފަދަ ޙަމަލާ ތަކުގައި މަރުވެފައެވެ.
އިންޑިއާ ފުލުހުން ބުނީ މި ދުވަސްވަރު އެެތުގެ ނުރައްކަލާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައި ވަނީ ކަރްނާޓަކާ އާއި، ކެރެލާ އަދި ތަމިލްނާޑޫ ހިމެނޭހެން 9 ސްޓޭޓެއްގެ ރައްޔިތުންނަށެވެ.
މި މައްސަލަ އާއި ގުޅިގެން އެތް އަތުލުމަށްޓަކައި އިންޑިއާ ސަރުކާރުން މިހާރު ވަނީ ޑްރޯންތަކާއި ތަފާތު އާލަތްތައް ހިމެނޭހެން 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ލަޝްކަރެއް ފޮނުވާފައެވެ.






