Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރާ އަންވަރު ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލުކޮށްފި

ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރާ އަންވަރު ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލުކޮށްފި

މުހައްމަދު ޖަމްޝަތު
186 ދުވަސް ކުރިން - 20 ޖެނުއަރީ 2026 19:32
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަންވަރު ޝަރީއަތުގެ މަޖިލީހުގައި. އޭނާ ބަންދުން ދޫކޮށްލި އަމުރު ވަނީ ބާތިލްކޮށްފައި---
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަންވަރު ޝަރީއަތުގެ މަޖިލީހުގައި. އޭނާ ބަންދުން ދޫކޮށްލި އަމުރު ވަނީ ބާތިލްކޮށްފައި---
ޚުލާސާ

އަންވަރު ދޫކޮށްލަން އަމުރު ނެރުނު މައްސަލައިގައި ގާޒީ ހުސައިން ފާއިޒް ރަޝާދުގެ ސުލޫކީ މައްސަލައެއް ބަލައި ޖޭއެސްސީން ވަނީ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފަ

ފުޅާ ގޮތެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަލީ އަންވަރު ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ނެރުއްވި އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހު އަންވަރު ހައްޔަރުކޮށް ފުރަތަމަ ބަންދުކުރީ ފަސް ދުވަހަށެވެ. ބަންދުގެ މުއްދަތު އިތުރުކުރުމަށް 18 އޮކްޓޯބަރު 2025 ގައި އޭނާ ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އެވެ.

މި ނިންމުން ނިންމަވަމުން ގާޒީ ފާއިޒު ފާހަގަކުރެއްވި ގޮތުގައި، އަންވަރު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގައި ފުލުހުން ބިނާކުރި އަސާސްތައް ސާފުކޮށްދެވިފައެއް ނުވެ އެވެ. މީގެ އިތުރުން، އޭނާ ހައްޔަރުކުރުމަށްފަހު އަމަލުކުރި އިޖުރާއަތްތަކުގައި ގޯސްތަކެއް ހުރިކަމަށް ފެންނާތީ، އޭނާ ބަންދުގައި އިތުރަށް ބެހެއްޓޭނެ ތަނެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

Advertisement

Advertisement 1

އަންވަރު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން، އެ ކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ހުކުމް ކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހައްޔަރު އަމުރެއް ތަންފީޒުކުރުމުގެ ކުރިން ބަލައި ފާސްކުރުމުގެ އަމުރެއް ފުރިހަމަކުރުން ލާޒިމުކުރާ އެއްވެސް އުސޫލެއް ނެތެވެ. އަދި ވަކި ހާއްސަ ޝަރުތުތަކެއް އަމުރުގައި ކަނޑައަޅާފައި ނުވާހާ ހިނދަކު، ކޯޓު އަމުރުތައް ތަންފީޒުކުރުމުގައި ވަކި ތަރުތީބެއް ގެންގުޅެން ނުޖެހޭނެ ކަމަށާއި، އެފަދަ ތަރުތީބެއް އޮންނާނީ ގާނޫނުގައި ނުވަތަ އަމުރުގައި ސާފުކޮށް ބަޔާންކޮށްފައިވާ ނަމަ ކަމަށްވެސް ހައިކޯޓުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ އަމުރަކީ އެފަދަ ޝަރުތެއް އޮތް އަމުރަކަށް ނުވާއިރު، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކޮށްފައިވާތީ އަންވަރުގެ ހައްޔަރު ގޯސްކަމަށް ދަށު ކޯޓުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އަންވަރު ދޫކޮށްލަން އަމުރުކުރި ގާޒީ ހުސައިން ފާއިޒްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، ޖޭއެސްސީން މިހާރު ވަނީ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފަ އެވެ. އަދި އަންވަރު މިހާރު ހުރީ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ވެސް އުފުލާފަ އެވެ.

ކްރިމިނަލް ކޯޓުހައިކޯޓުޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

56 ދުވަސް ކުރިން - 17:47

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

73 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

73 ދުވަސް ކުރިން - 16:23

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%