Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިމްތިތާއު އައްބާސް އައްޔަނުކޮށްފި

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިމްތިތާއު އައްބާސް އައްޔަނުކޮށްފި

މުހައްމަދު ޖަމްޝަތު
223 ދުވަސް ކުރިން - 20 ޖެނުއަރީ 2026 16:32
ޒަކާތު ހައުސްއަށް އައްޔަންކުރި އިމްތިތާއު އައްބާސް (ކ) އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް --- ފޮޓޯ: ޒަކާތު ހައުސް
ޒަކާތު ހައުސްއަށް އައްޔަންކުރި އިމްތިތާއު އައްބާސް (ކ) އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް --- ފޮޓޯ: ޒަކާތު ހައުސް
ޚުލާސާ

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އިމްތިތާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޝައިހް އިމްތިތާއު އައްބާސް އައްޔަންކޮށްފި އެވެ.

ޒަކާތު ހައުސް އިން ބުނީ އިމްތިތާއު އެ މަގާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަގާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީ ކަމަށެވެ.

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން، އިމްތިތާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަގާމުތަކާއި ލަފާއަރުވާ ރޯލުތައް އިމްތިތާއު ވަނީ އަދާކުރައްވާފަ އެވެ. އޭގެ އިތުރުން ޒަކާތު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއާގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.

Advertisement

Advertisement 1

އިމްތިތާއު އަކީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ހަދީސް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައި ވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާ އިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ޒަކާތު ހައުސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ

12 ގަޑިއިރު ކުރިން - 13:12

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

46 ދުވަސް ކުރިން - 19:48

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

51 ދުވަސް ކުރިން - 22:51

މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 50.7މިލިޔަން ރުފިޔާ ލިބިއްޖެ

107 ދުވަސް ކުރިން - 15:08

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

123 ދުވަސް ކުރިން - 18:00