Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ ސަލާންޖަހާ މީހަކު މިލިއަނަރަކަށް!

އިންޑިއާގެ ސަލާންޖަހާ މީހަކު މިލިއަނަރަކަށް!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
186 ދުވަސް ކުރިން - 20 ޖެނުއަރީ 2026 21:47
ސަލާންޖަހާ މަންގިލާ: މިހާރު މިލިއަނަރެއް
ސަލާންޖަހާ މަންގިލާ: މިހާރު މިލިއަނަރެއް
ޚުލާސާ

އޭނާގެ އަތުގައި 3 ގެއާއި 3 އޮޓޯ ރިކްޝާ އަދި 1 ކާރުގެ އިތުރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދީފައިވާ ގެއެއްވެސް އެބަހުރި

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އިންދޫރު ސިޓީގެ މަގުމަތީގައި އިށީނދެގެން އިނދެ ސަލާންޖަހަމުން ދިޔަ މީހަކު މިލިއަނަރަކަށް ވެއްޖެއެވެ. އޭނާގެ ތިން ގެއާއި ކާރަކާއި ރިކްޝާއެއްގެ އިތުރައް އެނާގެ އަތުގައި އެތައް މިލިއަން ރުފިޔާ ހުރިކަން މިހާރު ވަނީ ހާމަވެފަ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓެއްގައިވާ ގޮތުން އިންދޫރުގެ ހަލަބޮލި ބާޒާރުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ކުރިން ރަތްކުލައިގެ ދަގަނޑު ގާޑިޔާއެއްގައި ހިމޭނުން އިށީނދެގެން އިނެވެ. އޭނާ އިށީނދެ އިނދެ އަޑުންއަޑުނަގައި މީހުންނަށް އާދޭސްކޮށް ނަހަދައެވެ. އޭނާގެ ކައިރިން ހިނގާ މީހުން އޭނާއަށް ރުފިޔާ އާއި ފައިސާފޮތި ދީހަދައެވެ. މިއަދު އޭނާއަކީ ނިކަމެތި ފަގީރު ސަލާންޖަހާ މީހެއް ނޫނެވެ. މިއަދު އޭނާއަކީ މިލިއަނަރެކެވެ.

ސަލާން ޖެހުން މަނާ ކުރުމަށް ސަރުކާރުން ހިންގާ ކެމްޕޭނު ފެށުމުގެ ކުރިން ސަލާންޖަހާ މީހާ މަންގިލާއަށް ދުވާލެއްގެ މައްޗަށް 400 އާއި 500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބެއެވެ. އެ ފައިސާ އޭނާ ރޭގަނޑު ބާޒާރުގެ ވިޔަފާރިވެރިންނަށް ލޯނުގެ ގޮތުގައި ދޫކުރެއެވެ. އެކި މުއްދަތަށް ދޫކުރާ ލޯނުން އޭނާ އިންޓަރެސްޓް ނަގައެވެ.

Advertisement

Advertisement 1

މަލިންގަލާގެ މައްސަލައިގެ ތަހުގީގަށް ބަލާއިރު އޭނާގެ އަތުގައި 3 ގެއާއި 3 އޮޓޯ ރިކްޝާ އަދި 1 ކާރުގެ އިތުރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދީފައިވާ ގެއެއްވެސް އޭނާއަށް ލިބިފައިވެއެވެ. އޭނާގެ އޮޓޯ ރިކްޝާތައް ހުންނަނީ ކުއްޔަށް ދޫކޮށްފައެވެ. އޭނާގެ ކާރު ދުއްވަން ޑްރައިވަރަކަށް ވަނީ ވަޒީފާ ވެސް ދީފައެވެ.

އޭނާ ބުނި ގޮތުގައި ސަރަފާ ބާޒާރުގެ ބައެއް މީހުންނަށް އިންޓަރެސްޓަށް ފައިސާ ދިނުމަށްފަހު ކޮންމެ ދުވަހަކު އެތަންތަނަށް ގޮސް އިންޓަރެސްޓަށްވާ ފައިސާ އޭނާ ހޯދައެވެ.

ސަލާންޖަހާ މިލިއަނަރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުގައި ބަހައްޓައިގެން، އޭނާ މުދަލާއި ލާރި ހޯދިގޮތުގެ ތަހުގީގެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އެބަގެންދެއެވެ.

އިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

21 ގަޑިއިރު ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

1 ދުވަސް ކުރިން - 16:07

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

4 ދުވަސް ކުރިން - 13:43

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

36 ދުވަސް ކުރިން - 19:04

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

43 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

46 ދުވަސް ކުރިން - 12:43