ޙަމަލާ ދީފި ނަމަ، އަހަރެމެންގެ ރައްދު މާ ނުރައްކާވާނެ - އީރާން

ހުސައިން އިސްމާއިލް | 5 ދުވަސް ކުރިން - 19 ޖެނުއަރީ 2026 23:30
އީރާނުގެ ރޫޙާނީ ލީޑަރު ޚާމަނާއީ ވިދާޅުވީ އެމެރިކާ ދެކެ ޖެހިލުން ނުވާ ކަމަށް
އީރާނުގެ ރޫޙާނީ ލީޑަރު ޚާމަނާއީ ވިދާޅުވީ އެމެރިކާ ދެކެ ޖެހިލުން ނުވާ ކަމަށް
ޚުލާސާ

ތެހެރާނުގެ ސަރުކާރުން ބުނީ އެގައުމުގެ އެއްވެސް ސަރަހައްދަކަށް ހަމަލާ ދީފި ނަމަ، އީރާނުން ރައްދު ދޭނީ އެއަށްވުރެ ބޮޑު ބާރަކާއި އެކުގައި ކަމަށާއި ބަދަލު ހިފުމަށް ފަސްނުޖެހޭނެ

އެމެރިކާ ނުވަތަ އިސްރާއީލުން ދޭ ކޮންމެ އަސްކަރީ ހަމަލާއަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ ހަރުކަށި އިންޒާރުތަކެއް އީރާނުން ދީފިއެވެ.

ތެހެރާނުގެ ސަރުކާރުން ބުނީ އެގައުމުގެ އެއްވެސް ސަރަހައްދަކަށް ހަމަލާ ދީފި ނަމަ، އީރާނުން ރައްދު ދޭނީ އެއަށްވުރެ ބޮޑު ބާރަކާއި އެކުގައި ކަމަށާއި ބަދަލު ހިފުމަށް ފަސްނުޖެހޭނެ ކަމަށެވެ.

އީރާނުން މިހެން ބުނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި ދެކޮޅަށް އެމެރިކާ ނުވަތަ އިސްރާއީލުން އަސްކަރީ ޙަމަލާ އެއް ދީފާނެ ކަމަށާއި އަދި ތެހެރާނުގައި ދާޚިލީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި 5 ހާހެއްހާ މީހުން މަރުވެއްޖެ ކަމަށް ބައެއް ޚަބަރު ބުނެއެވެ.

ރޫހާނީ ލީޑަރު ޚާމަނާއީ ވިދާޅުވީ އީރާނުގެ މުޒާހަރާތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ޓްރަމްޕެވެ. ސަބަބަކީ ޓްރަމްޕް ގެންދަވަނީ އީރާނުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން އުފައްދަން މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%