Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރަމްޕަށް އެވޯޑް ދޭން ބުނި ޕާކިސްތާނަށް ވެސް ޣައްޒާގެ ބޯޑާއި ގުޅުމަށް ދަޢުވަތު ދީފި

ޓްރަމްޕަށް އެވޯޑް ދޭން ބުނި ޕާކިސްތާނަށް ވެސް ޣައްޒާގެ ބޯޑާއި ގުޅުމަށް ދަޢުވަތު ދީފި

ހުސައިން އިސްމާއިލް
188 ދުވަސް ކުރިން - 19 ޖެނުއަރީ 2026 11:04
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، 2025 ވަނަ އަހަރު ރައީސް ޓްރަމްޕަށް ތަޢުރީފް ކުރަނީ - ޣައްޒާ ޕީސް ބޯޑުގައި ބައިވެރިވުމަށް ޓްރަމްޕް ވަނީ ޝެހެބާޒަށް ދަޢުވަތު އަރުވާފަ
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، 2025 ވަނަ އަހަރު ރައީސް ޓްރަމްޕަށް ތަޢުރީފް ކުރަނީ - ޣައްޒާ ޕީސް ބޯޑުގައި ބައިވެރިވުމަށް ޓްރަމްޕް ވަނީ ޝެހެބާޒަށް ދަޢުވަތު އަރުވާފަ
ޚުލާސާ

ބައިނަލްއަޤްވާމީ ޞުލްޙައިގެ އިނާމު ޓްރަމްޕަށް ޙައްޤޭ ބުނެ ވަކާލާތު ކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރަށް ވެސް “ބޯޑް އޮފް ޕީސް ފޯ ޣައްޒާ” އަށް، ޓްރަމްޕް ދަޢުވަތު އަރުވައިފި

ޣައްޒާގެ ޞުލްޙަ ބެލެހެއްޓުމަށް އެކުލަވާލާ “ބޯޑް އޮފް ޕީސް ފޯ ޣައްޒާ”ގައި ބައިވެރިވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ދަޢުވަތު އަރުވައިފިއެވެ. މި ދަޢުވަތު އޭނާ އަށް އެރުވީ އެ ބޯޑުގެ ޗެއާމަންގެ ޙައިސިއްޔަތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ޝެހެބާޒް ޝަރީފަކީ ޓްރަމްޕަށް ބައިނަލްއަޤްވާމީ ޞުލްހައިގެ އިނާމު ޙައްޤު ކަމަށް ބުނެ ވަކާލާތު ކުރެއްވި ލީޑަރުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ މުސްލިމު ލީޑަރެވެ. ޝެހެބާޒް ވަނީ ޓްރަމްޕަށް ސެލިއުޓް ވެސް ނަގާފައެވެ. އެއީ މިދިޔަ އަހަރުގައެވެ.

Advertisement

Advertisement 1

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރައީސް ޓްރަމްޕަށް ސެލިއުޓް ކުރަނީ (އެމެެރިކާ / 2025)

ވައިޓް ހައުސްއިން ބުނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ދާއިމީކޮށް ނިންމާލައި ޣައްޒާގެ ޞުލްޙަ ޤާއިމްކޮށް އަދި އާރާސްތު ކުރުމަށް އެކުލަވާލާފައިވާ ޞުލްޙައިގެ ބޯޑުގެ ދާއިމީ މެންބަރުކަން ބޭނުން ނަމަ 1 ބިލިއަން ޑޮލަރު ދޭ ޤައުމަކަށް އެ ބޯޑުގެ ދާއިމީ މެންބަރުކަން ލިބޭނެ ކަމަށެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް އެކުލަވާލާފައިވާ ޕްލޭނުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމަށް ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ އާއި ފައުންޑިން އެގްޒެކެޓިވް ބޯޑާއި އިންތިޤާލީ އޮނިގަނޑު އެކުލަވައިލުމަށް ޣައްޒާގެ އެގްޒެކެޓިވް ބޯޑެއް ވެސް އެމެރިކާއިން އުފެއްދިއެވެ.

އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން ހިމެނޭ ގޮތަށް ޣައްޒާގެ ބޯޑާއި ގުޅުމަށް ޓްރަމްޕް ވަނީ ޢަރަބި އިސްވެރިންނަށް ވެސް ދައުވަތު ދީފައެވެ.

ޕާކިސްތާންޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

7 ދުވަސް ކުރިން - 13:25

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

10 ދުވަސް ކުރިން - 19:33

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

16 ދުވަސް ކުރިން - 21:05

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

17 ދުވަސް ކުރިން - 00:39