Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝާހްރުކް ހާންގެ "ކިންގް" މިއަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށް ރިލީޒްކުރަނީ

ޝާހްރުކް ހާންގެ "ކިންގް" މިއަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށް ރިލީޒްކުރަނީ

އައިޝަތު ރުވާ ރިފްޢަތު
222 ދުވަސް ކުރިން - 18 ޖެނުއަރީ 2026 23:45
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ހާން---
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ހާން---
ޚުލާސާ

މި ފިލްމުން ޝާހްރުކްގެ އިތުރުން ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރުޖީ، ޖައިދީޕް އަހްލާވަތު، އަރުޝަދު ވަރްސީ، ސުހާނާ ހާން އަދި އަބޭ ވަރުމާ ފެނިގެންދާނެ.

ބޮލީވުޑްގެ ކިންގު ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" މިއަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށް ރިލީޒްކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހްރުކް ހާން އެންމެ ފަހުން ކުޅުނު "ޕަތާން" އާއި "ޖަވާން" އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، އޭނާގެ ފޭނުން ތިބީ އާ ފިލްމަކަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ. މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގެ ފުރަތަމަ ފެނިލުން އާންމުކޮށްފައިވަނީ 2025 ވަނަ އަހަރު ޝާހްރުކްގެ އުފަންދުވަހާ ދިމާކޮށެވެ. "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގައި މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރުޖީ، ޖައިދީޕް އަހްލާވަތު، އަރުޝަދު ވަރްސީ، ސުހާނާ ހާން އަދި އަބޭ ވަރުމާ ހިމެނެ އެވެ.

ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، ޝާހްރުކް އާއި ސިދާތު ފިލްމު ރިލީޒްކުރުމަށް އެންމެ ބޮޑަށް ބެލީ 2026 ވަނަ އަހަރުގެ ޑިސެމްބަރު 4 ނުވަތަ ޑިސެމްބަރު 25 އެވެ. އެކި ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އެންމެ ފަހުން ނިންމީ މި އެކްޝަން ފިލްމު އެ އަހަރުގެ ކްރިސްމަސްގައި ބެލުންތެރިންނަށް ދޫކޮށްލުމަށެވެ.

Advertisement

Advertisement 1

މި ތާރީހު ކަނޑައެޅުމުގައި ބޮޑު ސަބަބެއް ވަނީ މެދުވެރިވެފަ އެވެ. އެއީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ރާމާޔަން" ފިލްމަށް ފުރުސަތު ދިނުމެވެ. ޝާހްރުކް އާއި ސިދާތު ބޭނުންވަނީ "ރާމާޔަން" ފަދަ ބޮޑު ފިލްމެއްގެ ވިޔަފާރިއަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަކަށް "ކިންގް" ނެރުމަށެވެ. އެހެންކަމުން، ދެ ފިލްމުގެ ދެމެދުގައި 45 ދުވަހުގެ މުއްދަތެއް ބޭއްވުމަށްޓަކައި ކްރިސްމަސް ދުވަހު ފިލްމު ނެރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

މި ތާރީހުގައި ފިލްމު ރިލީޒްކުރުމުން ބޮލީވުޑްގެ އެހެން ބޮޑު ފިލްމަކާ ވާދަކުރަން ނުޖެހި ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ. ހޮލީވުޑްގެ "އެވެންޖާސް: ޑޫމްސްޑޭ" އޭގެ ހަފުތާއެއް ކުރިން ރިލީޒްކުރި ނަމަވެސް، ހިންދީ ފިލްމު ބަލާ މީހުންނަށް ޝާހްރުކް ހާންގެ ފިލްމެއް ބޮޑު އިސްކްރީނުން ބަލާލުމަށް ލިބޭ ފުރުސަތަކީ އެއަށްވުރެ ބޮޑު އުފަލެއް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ރަސްމީކޮށް ތާރީހާއް އަދި އިއުލާނު ނުކުރި ނަމަވެސް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

39 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

58 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

102 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

123 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

131 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

138 ދުވަސް ކުރިން - 23:00