އަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ދުވަސް ކުރިން - 18 ޖެނުއަރީ 2026 17:24
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް--- ފޮޓޯ: ދަ އެރައިވަލް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް--- ފޮޓޯ: ދަ އެރައިވަލް
ޚުލާސާ

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 109,501 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ

މި އަހަރުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 120،680 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ނިމިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 109،501 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 10.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ، އިޓަލީ ވިލާތް، އިނގިރޭސި ވިލާތް، ޗައިނާ އަދި ޖަރުމަނު ވިލާތް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން މިހާތަނަށް ޖުމްލަ 19,171 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވާއިރު ދެވަނަ އަށް އޮތް އިޓަލީ ވިލާތުން 13,601 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އިނގިރޭސި ވިލާތުން 10,365 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޗައިނާއިން 7,890 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމުތައް:

  1. ޖަރުމަނު ވިލާތް: 7,498 ފަތުރުވެރިން
  2. އިންޑިއާ: 4,458 ފަތުރުވެރިން
  3. ފަރަންސޭސި ވިލާތް: 3,657 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7,099 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. ނިމިދިޔަ 2025 އަހަރު 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%