އީރާނުގެ 250 މިސްކިތް އަންދާލައިފި

ހުސައިން އިސްމާއިލް | 7 ދުވަސް ކުރިން - 17 ޖެނުއަރީ 2026 21:50
އީރާނުގެ މުޒާހަރާގެތެރެއިން: 250 މިސްކިތަށް ވަނީ ގެއްލުން ދީފަ
އީރާނުގެ މުޒާހަރާގެތެރެއިން: 250 މިސްކިތަށް ވަނީ ގެއްލުން ދީފަ
ޚުލާސާ

ޚާމަނާއީ ވިދާޅުވީ ހަމަޖެހުން ހިންގި މީހުން އީރާނުގެ 250 މިސްކިތް އަންދާލައި، ބޭންކުތަކަށާއި ފިހާރަތަކަށް ވެސް ހަމަލާދީފައިވާ ކަމަށް

އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭ ގޮތަށް މުޅި ގައުމުގެ އެކި ހިސާބުތަކުގައިވާ ސަރުކާރުގެ އިމާރާތްތަކަށާއި ޕޮލިސް ސްޓޭޝަންތަކަށާއި ފިހާރަތަކަށާއި ބޭންކުތަކަށާއި މިސްކިތްތަކަށް ހަމަލާދީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވާ ކަމަށް އަންދާޒާތަކުން ދައްކައެވެ.

ސުޕްރީމް ލީޑަރު ޚާމަނާއީ ވިދާޅުވީ ހަމަޖެހުން ހިންގި މީހުން އީރާނުގެ 250 މިސްކިތް އަންދާލައި، ބޭންކުތަކަށާއި ފިހާރަތަކަށް ވެސް ހަމަލާދީފައިވާ ކަމަށާއި، މި މީސްމީހުންނަށް އަދަބު ދޭނެ ކަމަށެވެ.

އީރާނު މުޒާހަރާތައް ހޫނުވެ، ޚާމަނާއިގެ އަމުރަށް ސިފައިން ނުކުމެ މުޒާހަރާތައް ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށް އެ ޤައުމުން ބުނެއެވެ. މުޒާހަރާގައި ހިނގި ހަމަނުޖެހުން ތަކުގައި ގިނަބަޔަކު ވަނީ މަރުވެފައެވެ. ރަސްމީކޮށް މަރުވި މީހުންގެ އަދަދު އަދި ނޭނގުނު ނަމަވެސް ނުރަސްމީ އަންދާޒާތަކުގައި ހާހެއްހާ މީހުން މަރުވެފައިވެއެވެ.

ޚާމަނާއީ ވިދާޅުވީ ހުޅަނގުގެ މީޑިއާ އިން ވެސް މިކަމުގައި ބައިވެރިވި ކަމަށެވެ. ނަމަވެސް މިފަހަރުގެ މުޒާހަރާގައި ހަތިޔާރު އަޅައިގެން ތިބި މީހުންނަށް އެމެރިކާގެ ރައީސް ޓްރަމްޕް ގެންދިޔައީ ހިއްވަރު ދެމުން ކަމަށާއި، ގައުމު ފިތުނަ ކޮށްލީ ޓްރަމްޕް ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އެތެރޭގައި ފިތުނަ އުފައްފައި، އީރާނުގެ ސަރުކާރާއި ދެކޮޅަށް މީހުން ތަމްރީނު ކުރާ ކަމަށް ވެސް ޚާމަނާއި ތުހުމަތު ކުރެއްވިއެވެ. އީރާނުގެ ގާނޫނު ތަންފީޒުކުރާ ބާރުތަކުން ވަނީ އެމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަލި

6 ދުވަސް ކުރިން - 15:32

ކޮންމެމީހަކުކުރިނަމަވެސް ޤައުމެއްހަލާކުކުރާނެ ބަޔަކުއުފެދިއްޖެ ހީކުރީތަ މުޅިގައުމުގައި އަލިފާންޖަހާ ހަމަނުޖެހުންހިންގީމަ ގައުމުގެ ފައިސާ އާއި އިގުތިޞާދު މެދުއުގަ ފިޔަޖަހާނެހެން 100އަހަރަށް ފަހަށް ޖެހުންނޫންކަމެއްވިތަ ވިސްނާފިކުރުކުރަމޚހަކު މޮޔަވާނެއެއްނު