Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕްރޮފެޝަނަލް ބޭންކިން ޑިވެލޮޕްމަންޓް ހަރުދަނާ ކުރުމަށް ބީއެމްއެލް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޕްރޮފެޝަނަލް ބޭންކިން ޑިވެލޮޕްމަންޓް ހަރުދަނާ ކުރުމަށް ބީއެމްއެލް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
236 ދުވަސް ކުރިން - 16 ޖެނުއަރީ 2026 10:48
ބީއެމްއެލްގެ އިސްވެރިން އޭއައިސީބީގެ ވެރިންނާއެކު---ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އިސްވެރިން އޭއައިސީބީގެ ވެރިންނާއެކު---ފޮޓޯ: ބީއެމްއެލް
ޚުލާސާ

ބީއެމްއެލް އިން އަމާޒު ހިފާފައިވަނީ މުވައްޒަފުން ބާރުވެރިކުރުވައި، ރާއްޖޭގެ ބޭންކިން ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުން.

ދިވެހިރާއްޖޭގެ ފައިނޭންސް ދާއިރާއަށް ބޭންކިން ޕްރޮފެޝަނަލުން ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކަޑެމީ އިން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އެވެ. އޭއައިސީބީގެ ފަރާތުން ޗީފް އެގްޒެކެޓިވް އެޑްވާޑް ލިންގް އެވެ. މި އެއްބަސްވުމުގެ ދަށުން ޗާޓާޑް ބޭންކިން އުނގެނުމުގެ މަގުތައް ފުޅާކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހަރުދަނާކުރުމުގެ އިތުރުން މުޅި އޯގަނައިޒޭޝަނުގައި މެދުނުކެނޑި ހުނަރު ތަރައްގީކުރުމަށް އެހީތެރިވެދޭނެ އެވެ.

ބީއެމްއެލްގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ އަދި އެމްޑީ ޝަރީފު، އޭއައިސީބީގެ ފަރާތުން ސޮއިކޮށްފައިވަނީ ޗީފް އެގްޒެކެޓިވް އެޑްވާޑް ލިންގް---ފޮޓޯ: ބީއެމްއެލް

Advertisement

Advertisement 1

ބޭންކުގެ ތަމްރީނާއި ތަރައްގީއަށް ހާއްސަކުރެވިފައިވާ ބީއެމްއެލް އެކަޑަމީއަކީ މި މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ގޮތްޕެވެ. މި އެކަޑަމީން ދަނީ މެދުނުކެނޑި އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން، ދިވެހި ހުނަރުވެރިން ބިނާކޮށް ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގެ ތަރައްގީގެ ހަރަކާތްތައް ހިންގަމުންނެވެ. އަލަށް އުފެދުނު މި ބައިވެރިވުމާއެކު، އެކަޑަމީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާވެ، ވަޒީފާގެ އެކި މަރުހަލާތަކުގައި ތިބި މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ އެވެ.

މާލީ ދާއިރާއަށް އަންނަމުންދާ ޑިޖިޓަލް ބަދަލުތަކާއި، ގަވާއިދުތަކަށް އަންނަ އިސްލާހުތަކުގެ އިތުރުން ކަސްޓަމަރުންގެ އުންމީދުތައް މަތިވަމުންދާ މި ދަނޑިވަޅުގައި، ބޭންކުގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަކީ ބީއެމްއެލްއިން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އޭއައިސީބީއާ އެކު ގާއިމުކުރި މި ގުޅުމަކީ ދިވެހި ބޭންކިންގް ދާއިރާގެ ފަންނީ ބޭފުޅުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށާއި، ފަންނީ އަދި އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕާޓްނަޝިޕަކީ މުއައްސަސާގެ ތެރޭގައި މުޅި އުމުރަށް އުނގެނުމާއި، ހުނަރު ތަރައްގީކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ބޭންކުން ބުނެއެވެ. އުނގެނުމުގެ ސާފު މަގުތަކެއް ކަނޑައަޅައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފެންވަރުގެ ސަނަދުތައް ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދީގެން، ބީއެމްއެލް އިން އަމާޒު ހިފާފައިވަނީ މުވައްޒަފުން ބާރުވެރިކުރުވައި، ރާއްޖޭގެ ބޭންކިން ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވުމަށެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04