އީރާނަށް ޙަމަލާ ދިނުމަށް ޣިރާޤުގެ އެއްވެސް ތަނެއް ބޭނުމެއް ނުކުރެވޭނެ - ޣިރާޤް

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 15 ޖެނުއަރީ 2026 23:34
ޣިރާޤު މަތިން ހެލިކޮޕްޓަރުތައް އުދުހެނީ: އީރާނަށް ޙަމަލާ ދިނުމަށް ޣިރާޤް ބޭނުން ނުކުރެވޭނެ ކަމަށް އެ ޤައުމުން ބުނޭ
ޣިރާޤު މަތިން ހެލިކޮޕްޓަރުތައް އުދުހެނީ: އީރާނަށް ޙަމަލާ ދިނުމަށް ޣިރާޤް ބޭނުން ނުކުރެވޭނެ ކަމަށް އެ ޤައުމުން ބުނޭ
ޚުލާސާ

ޣިރާޤުން ބުނީ އެ ޤައުމުގެ ކަނޑާއި ވަޔާއި އެއްގަމުގެ އެއްވެސް ތަނެއްގައި ހުރެގެން ސަރަޙައްދީ އެއްވެސް ޤައުމަކަށް ޙަމަލާ ދިނުމާއި ދެކޮޅު ހަދާ ކަމަށް

ސަރަހައްދީ ފިތުނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެއްވެސް ގައުމަކާއި ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އެޅުމަށް އެގައުމުގެ ވައިގެ ސަރަހައްދު ނުވަތަ ސަރަހައްދުގެ ކަނޑުތައް ވެސް ބޭނުންކުރުމަށް ދެކޮޅު ހަދާ ކަމަށް އިރާގުން ބުނެފިއެވެ.

އިރާގުން ބުނީ އެ ގައުމުން ބޭނުންވަނީ އަވަށްޓެރި ގައުމުތަކުގެ ސަލާމަތާއި ހަމަޖެހުމެވެ.

އިރާގުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފްގެ ރަސްމީ ތަރުޖަމާނު ސަބާހު އަލް ނޫމާން މިހެން ވިދާޅުވީ އެމެރިކާ އިން އީރާނަށް ހަމަލާ ދޭން އުޅޭތީއެވެ. އިރާގުގައި އެމެރިކާގެ ސިފައިން އެބަ ތިއްބެވެ.

ނޫމާން ވިދާޅުވީ ސުލްހަވެރި އަދި ޑިޕްލޮމެޓިކް ވަސީލަތްތަކުން މައްސަލަތައް ހައްލުކުރުމަށް އެދޭ ކަމަށާއި، ހުރިހާ ފަރާތްތަކަށް ވެސް މަޝްވަރާއަށް އިސްކަންދިނުމާއި، މައްސަލަތައް ގޯސްވުމުން ދުރުހެލިވުމަށް ގޮވާލައްވާ ކަމަށެވެ.

ނޫމާން ވަނީ އެއްވެސް ގައުމަކަށް އަމާޒުކޮށްގެން ހިންގާ އެއްވެސް އަސްކަރީ އޮޕަރޭޝަނެއް ލޯންޗް ޕެޑެއްގެ ގޮތުގައި އިރާގުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ނުވަތަ ކަނޑުގެ ސަރަހައްދު ބޭނުން ކުރުމާއި ދެކޮޅު ހަދާކަން ތަކުރާރު ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ މަހުން ފެށިގެން އެގައުމުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެތުރިފައިވާ އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ތާއީދުކުރައްވާ ކަމަށާއި، އީރާނަށް ހަމަލާ ދޭން ޖެހިދާނެކަން ތަކުރާރު ކުރައްވާފައެވެ.

އީރާނުގެ މުޒާހަރާގައި މަރުވި މީހުންހެ އަސްލު އަދަދެއް ނޭނގެއެވެ. ކަމާބެހޭ ފަރާތްތަކުން މަރުވި މީހުންނާއި ބަންދުގައި ތިބި މީހުންގެ ރަސްމީ ތަފާސް ހިސާބުތައް ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގައި ހިންގާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ (ހްރާނާ) އިން ލަފާކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ މުވައްޒަފުން ހިމެނޭ ގޮތަށް 2،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%