Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ބިލިއަނަރުންގެ ސަފަށް

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ބިލިއަނަރުންގެ ސަފަށް

އައިޝަތު ރުވާ ރިފްޢަތު
225 ދުވަސް ކުރިން - 15 ޖެނުއަރީ 2026 23:40
މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ---
މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ---
ޚުލާސާ

ޖުމްލަ 35 ގްރެމީ އެވޯޑާއި 99 ނޮމިނޭޝަނާއެކު، ބިޔޯންސޭއަކީ މިހާރު މި އެވޯޑް ތާރީހުގައި އެންމެ ގިނަ އެވޯޑް ހާސިލުކުރި ފަންނާނު.

ދުނިޔޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ، ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދައިފިކަމަށް ފޯބްސް މެގަޒިންއިން ދައްކައިފި އެވެ. މިއާއެކު ބިޔޯންސޭ ވެފައިވަނީ ދުނިޔޭގައި މި ޝަރަފުވެރި މަގާމު ހާސިލުކުރި ފަސްވަނަ މިއުޒީޝަނަށެވެ.

ހޯމަ ދުވަހު ފޯބްސްއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ބިޔޯންސޭ މިހާރު ހިމެނެނީ ޓެއިލާ ސުވިފްޓް، ބްރޫސް ސްޕްރިންގްސްޓީން، ރިއާނާ އަދި އޭނާގެ ފިރިމީހާ ޖޭ-ޒީއާއެކު ބިލިއަނަރުންގެ ލިސްޓުގަ އެވެ.

އުމުރުން 44 އަހަރުގެ ބިޔޯންސޭގެ މާލީ ކުރިއެރުން އައީ އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު އަހަރަކަށް ފަހުގަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްގައި އޭނާގެ ކަންޓްރީ އަލްބަމް "ކައުބޯއި ކާޓާ" އަށް ވަނީ މިއުޒިކީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 'އަލްބަމް އޮފް ދަ އިޔަރ' ލިބިފައެވެ. މިއީ ކަންޓްރީ އަލްބަމްގެ ކެޓަގަރީން މި އެވޯޑް ކަޅު ނަސްލުގެ އަންހެނަކު ހާސިލުކުރި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

ޖުމްލަ 35 ގްރެމީ އެވޯޑާއި 99 ނޮމިނޭޝަނާއެކު، ބިޔޯންސޭއަކީ މިހާރު މި އެވޯޑް ތާރީހުގައި އެންމެ ގިނަ އެވޯޑް ހާސިލުކުރި ފަންނާނެވެ. މީގެ ތެރޭގައި އޭނާގެ ކެރިއަރު ފެށިގެން އައި 'ޑެސްޓިނީސް ޗައިލްޑް' ގްރޫޕާއެކު ހާސިލުކުރި އެވޯޑްތައްވެސް ހިމެނެއެވެ. ލައިވް ނޭޝަނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ "ކައުބޯއި ކާޓާ ޓުއާ" އިން ވަނީ 400 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ހޯދާފަ އެވެ. މިއީ ކަންޓްރީ މިއުޒިކް ޓުއާއަކުން މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.

2024 ވަނަ އަހަރު ބިލްބޯޑުން ވަނީ އޭނާއަކީ 21 ވަނަ ގަރުނުގެ އެންމެ މޮޅު ޕޮޕް ސްޓާރުގެ ގޮތުގައި ކަނޑައަޅާފަ އެވެ. ބިލްބޯޑުގެ އެންޑްރޫ އުންޓަބާގާ ލިޔުއްވާފައިވާ ގޮތުގައި، މިއީ ފާއިތުވި 25 އަހަރު ތެރޭގައި އޭނާ ދައްކުވައިދީފައިވާ ނުފޫޒާއި ކުރިއެރުމަށް ދެވުނު ޝަރަފެކެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ބޭއްވި "ރެނެސާންސް ވޯލްޑް ޓުއާ" އަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މި ޓުއާ ފެށި ސްޓޮކްހޯމްގައި، ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރުމުގެ ސަބަބުން ހޮޓާތަކާއި ރެސްޓޯރެންޓްތަކުގެ އަގުބޮޑުވެ، އެ ގައުމުގެ އިންފްލޭޝަނަށްވެސް އޭގެ އަސަރު ފޯރިކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެ އެވެ.

މިއުޒިކްގެ އިތުރުން ބިޔޯންސޭ ވަނީ ވިޔަފާރީގެ ދާއިރާއިންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ވަނީ އަމިއްލަ އަންނައުނާއި އިސްތަށިގަނޑަށް ފަރުވާދޭ ތަކެތީގެ ބްރޭންޑްތައް ބާޒާރަށް ނެރެފަ އެވެ. އަދި "ސަރ ޑޭވިސް" ވިސްކީ ބްރޭންޑާއެކު ބުއިންތަކުގެ ވިޔަފާރިއަށްވެސް އޭނާ ވަނީ ކޮށްފައެވެ.

ބިޔޯންސޭގެ މަގުބޫލުކަން ފެށިގެން އައީ 1990 ގެ ކުރީކޮޅު "ސްޓާ ސާޗް" ޕްރޮގްރާމުންނެވެ. އޭގެ ފަހުން އޭނާ ގުޅުނު "ޑެސްޓިނީސް ޗައިލްޑް" ވެފައިވަނީ ދުނިޔޭގައި އެންމެ ގިނައިން އަލްބަމް ވިކުނު އެއް އަންހެން ގްރޫޕަށެވެ. 2001 ވަނަ އަހަރުން ފެށިގެން ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ފަށައި، އޭނާ ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލާފަ އެވެ. އެގޮތުން 2018 ވަނަ އަހަރު ކޯޗެލާ ފެސްޓިވަލްގައި އިސްކޮށް ފެނިގެންދިޔަ ކަޅު ނަސްލުގެ ފުރަތަމަ އަންހެން ފަންނާނުގެ ޝަރަފުވެސް އޭނާ ވަނީ ހޯދާފަ އެވެ.

ހޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު އުމުރުން 80 އަހަރުގައި މަރުވެއްޖެ

ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެ

3 ދުވަސް ކުރިން - 13:26

އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ބުނެ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

އޮޅުވާލި ކަމަށް ބުނެ ސެލީނާއާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

11 ދުވަސް ކުރިން - 12:36

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81 އަހަރުގައި މަރުވެއްޖެ

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81އ މަރުވެއްޖެ

41 ދުވަސް ކުރިން - 18:53

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

47 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

49 ދުވަސް ކުރިން - 22:00

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

54 ދުވަސް ކުރިން - 20:18