Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވޯޓާސް ލިސްޓަށް މިހާތަނަށް 315 ޝަކުވާ

ވޯޓާސް ލިސްޓަށް މިހާތަނަށް 315 ޝަކުވާ

އައިޝަތު ރުވާ ރިފްޢަތު
147 ދުވަސް ކުރިން - 14 ޖެނުއަރީ 2026 23:25
ވޯޓު ލުމަށްޓަކައި މީހެއްގެ އިނގިލީގައި ފާހަގަޖަހަނީ---
ވޯޓު ލުމަށްޓަކައި މީހެއްގެ އިނގިލީގައި ފާހަގަޖަހަނީ---
ޚުލާސާ

ނިޔާވެފައިވާ ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނިފައިވާތީ އެ ނަންތައް އުނިކުރުމަށްވެސް ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށް އީސީން ހާމަކުރި.

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް މިހާތަނަށް 315 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން މިއަދު ހަވީރު 18:00 އާ ހަމައަށް 315 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފަ އެވެ. އީސީން ބުނިގޮތުގައި، ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ މި ޝަކުވާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރަޖިސްޓަރީގައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށްވެހިކަން ބަދަލުވެފައިވާ ފަރާތްތަކުގެ މައުލޫމާތު އިސްލާހުކުރުމެވެ. މީގެ އިތުރުން، ނިޔާވެފައިވާ ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނިފައިވާތީ އެ ނަންތައް އުނިކުރުމަށްވެސް ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ އެވެ. އެހެންކަމުން، އެ މުއްދަތުގެ ކުރިން ހުރިހާ ރައްޔިތުންވެސް އީސީން އާންމުކޮށްފައިވާ ރަޖިސްޓަރީ ޗެކްކޮށް، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، އެއްވެސް މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement 1

ޝަކުވާ ހުށަހަޅާއިރު، ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް ނުވަތަ މައުލޫމާތަކަށް ބަދަލު ގެނައުމަށް އެދޭނަމަ، އެ ޝަކުވާއެއްގެ ސައްހަކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހެ އެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެ ފަރާތްތަކަށް ހާއްސަކޮށްފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އީސީން ބުންޏެވެ.

ވޯޓާސް ލިސްޓުގައިވާ މައުލޫމާތު ޗެކްކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR (space) ID number) ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެންވެސް ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި އިންތިހާބާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ކޯލް ސެންޓަރު ނަންބަރު 1414 އަށް ގުޅުއްވުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

17 ދުވަސް ކުރިން - 14:14

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

30 ދުވަސް ކުރިން - 16:41