Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތަލަޕަތީ ވިޖޭ ފިލްމީ ދާއިރާ ދޫކޮށް ސިޔާސީ މައިދާނަށް

ތަލަޕަތީ ވިޖޭ ފިލްމީ ދާއިރާ ދޫކޮށް ސިޔާސީ މައިދާނަށް

އައިޝަތު ރުވާ ރިފްޢަތު
226 ދުވަސް ކުރިން - 14 ޖެނުއަރީ 2026 23:23
ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ)
ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ)
ޚުލާސާ

ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ލީޑަރަކީ އެ މަސައްކަތަށް ފުރިހަމައަށް ވަގުތުދީ ހުސްވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ވިޖޭ ފާހަގަކުރި

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ތަމިލްނާޑޫގެ ފިލްމީ ދާއިރާގެ އެންމެ ފުންނާބުއުސް މަޝްހޫރު ސުޕަސްޓާރު ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ)، އޭނާގެ ކާމިޔާބު ފިލްމީ ކެރިއަރު ދޫކޮށްލުމަށްފަހު ފުރިހަމައަށް ސިޔާސީ މައިދާނަށް ނުކުތުމަށް ނިންމައިފި އެވެ.

ތަމިލްނާޑޫއަކީ ފިލްމީ ދާއިރާއާއި ސިޔާސީ ދާއިރާ ނުހަނު ބޮޑަށް ލާމެހިފައިވާ ތަފާތު ސަގާފަތެއް އޮންނަ ސްޓޭޓެކެވެ. މީގެ ކުރިންވެސް އެމް.ޖީ. ރާމަޗަންދުރަން (އެމް.ޖީ.އާރު) އާއި ޖަޔަލަލީތާ ފަދަ ތަރިން ވަނީ ފިލްމީ ދާއިރާއިން ސިޔާސީ ދާއިރާއަށް ނުކުމެ، އެ ސްޓޭޓުގެ ޗީފް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން ރަޖްނީކާންތު، ކަމަލް ހަސަން، ކުޝްބޫ އަދި ވިޖޭކާންތު ފަދަ ތަރިންނަކީވެސް މި މިދާއިރާއިން މަސައްކަތްކޮށްފައިވާ ތަރިންނެވެ.

ވިޖޭ ސިޔާސީ ދާއިރާއަށް ރަސްމީކޮށް ވަދެފައިވަނީ 2024 ވަނަ އަހަރު އޭނާ އުފެއްދި "ތަމަޅަގަ ވެއްޓްރީ ކަޒަގަމް" (ޓީ.ވީ.ކޭ) ޕާޓީއާ އެކުގަ އެވެ. އުމުރުން 51 އަހަރުގެ ވިޖޭ ހާމަކުރި ގޮތުގައި، މި މަހު ރިލީޒްކުރާ އޭނާގެ ފަހު ފިލްމު "ޖަނަ ނަޔަގަން" (ރައްޔިތުންގެ ބަތަލު) އަށްފަހު އޭނާ ފިލްމީ މަސައްކަތްތަކުން އެއްކޮށް ދުރަށްޖެހޭނެއެވެ.

Advertisement

Advertisement 1

މި ނިންމުން ނިންމި ސަބަބާ ގުޅޭގޮތުން ވިޖޭ ބުނެފައިވަނީ، ސިޔާސީ ދާއިރާއަކީ ހަމައެކަނި ހުސްވަގުތުތަކުގައި ކުރާ މަސައްކަތަކަށް ވެގެން ނުވާނެ ކަމަށެވެ. ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ލީޑަރަކީ އެ މަސައްކަތަށް ފުރިހަމައަށް ވަގުތުދީ ހުސްވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ތާރީހަށް ބަލާއިރު، ތަމިލްނާޑޫގެ ސިޔާސީ މައިދާނުގައި ކާމިޔާބު ހޯދާފައިވަނީ ފިލްމީ މަސައްކަތް ދޫކޮށް ސިޔާސީ ކަންކަމަށް މުޅިން ހުސްވި އެމް.ޖީ.އާރު އާއި ޖަޔަލަލީތާ ފަދަ ބޭފުޅުންނަށެވެ. އަނެއްކޮޅުން، ފިލްމީ މަސައްކަތާއި ސިޔާސީ މަސައްކަތް އެކުގައި ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަލް ހަސަން ފަދަ ބޭފުޅުންނަށް އިންތިހާބުތަކުގައި ލިބިފައިވަނީ ނާކާމިޔާބީ އެވެ.

ވިޖޭގެ ސިޔާސީ ތަސައްވުރުތައް ހިމެނޭ "ޖަނަ ނަޔަގަން" ފިލްމު މި މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 5،000 އަށްވުރެ ގިނަ ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ. މިއީ އިންޑިއާގެ ފިލްމީ ދާއިރާގައި އެންމެ ވިޔަފާރި ރަނގަޅު އަދި އެންމެ މަގުބޫލު އެއް ތަރި، އޭނާގެ ކާމިޔާބު ކެރިއަރަށް ވަދާއީ ސަލާމް ކުރާ ފިލްމަކަށް ވެގެންދާނެ އެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

39 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

58 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

103 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

123 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

131 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

138 ދުވަސް ކުރިން - 23:00