Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ގޭސް ޝިޕްމެންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ މަޖިލީހަށް!

މުހައްމަދު ޖަމްޝަތު
275 ދުވަސް ކުރިން - 14 ޖެނުއަރީ 2026 11:35
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު--- ފޮޓޯ: މޯލްޑިވް ގޭސް
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު--- ފޮޓޯ: މޯލްޑިވް ގޭސް
ޚުލާސާ

މިއީ އޮކްޓޯބަރު 2024 ގައި ގޭސް ޝިޕްމަންޓެެއްގެ އެޑްވާންސަށް މޯލްޑިވް ގޭހުން ދުބާއީގެ ކުންފުންޏަކަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝާކިރު މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އަކީ ގޭސް ޝިޕްމަންޓެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވް ގޭހުން ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޖަކްޝާ އެނާޖީއަށް ދެއްކި 246،645 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު މައްސަލަ އެވެ. މިއީ އޮކްޓޫބަރު 2024 ގައި އެކުންފުނިން އޯޑަރު ކުރި 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ 30 ޕަސެންޓަށްވާ ފައިސާ އެވެ.

އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މެމްބަރު އަހްމަދު ޝާކިރު މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ. އެ ފައިސާ އަދިވެސް ނުފެންނާތީ، އެ މައްސަލައިގެ ތަހުގީގެއް ހިންގައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

Advertisement

Advertisement 1

އޭނާގެ ސިޓީގައި ވަނީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދަށް ވެސް ތުހުމަތެއް ކުރައްވައިފަ އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި ގޭސް ކުންފުނީގެ އެމްޑީ ވަނީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަށް ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ މައްސަލަ ވެސް ބަލައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.

އޭނާ އޭރު ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ "ގެއްލުނު" އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އޭރު އޭސީސީން ވެސް ތަހުގީގު ކުރަން ފެށި އެވެ. އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

އެ ފައިސާ ގެއްލުނު މައްސަލަ އެސްޓީއޯއިން ވެސް ތަހުގީގު ކުރި އެވެ. އެހެންނަމަވެސް، އެ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އަދި، އެކަމާ ގުޅިގެން ގޭސް އެމްޑީ، އަބްދުالله އަށް އެއްވެސް ފިޔަވަޅެއް ވެސް އަޅައިފައެއް ނުވެ އެވެ.

މި މައްސަލަ އާ ގުޅިގެން މޯލްޑިވްސް ގޭހުން އޭރު ބުނީ އެ ފައިސާ ނުލިބޭތީ ދުބާއީގެ ޖަކްޝާ އެނާޖީ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށާއި އެކުންފުންޏާ އެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ އަނބުރާ ނުލިބޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ސާފެއް ނޫނެވެ.

މޯލްޑިވް ގޭސްރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

10 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

12 ދުވަސް ކުރިން - 10:37

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

23 ދުވަސް ކުރިން - 14:44

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

31 ދުވަސް ކުރިން - 10:47

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

46 ދުވަސް ކުރިން - 16:37

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

50 ދުވަސް ކުރިން - 14:25