ގަލޮޅު ޕާކު މަރާމާތުކުރުމަށްފަހު އަލުން ހުޅުވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 23 ގަޑިއިރު ކުރިން - 14 ޖެނުއަރީ 2026 08:50
ގަލޮޅު ޕާކު މަރާމާތުކޮށް އަލުން ހުޅުވުން. މި ޕާކު ހުޅުއްވައި ދެއްވާފައިވަނީ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް--- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ގަލޮޅު ޕާކު މަރާމާތުކޮށް އަލުން ހުޅުވުން. މި ޕާކު ހުޅުއްވައި ދެއްވާފައިވަނީ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް--- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޚުލާސާ

ގަލޮޅު ޕާކު މަރާމާތުކޮށް އަލުން ހުޅުވާފައި މިވަނީ އެކި ގޮތްގޮތަށް ބޭނުން ހިފޭނެ ގޮތަކަށް ޑިޒައިން ކޮށްގެން

10 އަހަރުގެ ދިގު މުއްދަތަކަށްފަހު ގަލޮޅު ޕާކު މަރާމާތުކޮށް އަލުން މިއަދު ހުޅުވައިފި އެވެ.

ގަލޮޅު ޕާކު މަރާމާތުކުރުމަށްފަހު އަލުން ހުޅުވާފައި މިވަނީ ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި އައުޓްޑޯ ޖިމަކާއި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި، ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަހައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު އެކި ގޮތްގޮތަށް ބޭނުން ހިފޭނެ ގޮތަކަށް ޑިޒައިން ކޮށްގެންނެވެ.

ގަލޮޅު ޕާކު ހުޅުއްވައި ދެއްވީ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އެވެ.

މިކަމާ ގުޅިގެން މޭޔަރު އާޒިމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމުގައި ހޭދަކުރެވުނު މުއްދަތުގައި، ކުރެވުނު މަސައްކަތްތަކުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މި ފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން ކަމަށެވެ.

މި ޕާކު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މޭޔަރު އާޒިމް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%