
އީރާނުން މާދަމާ ދަންޖައްސައި މަރާލުމަށް ނިންމާފައިވާ ޢިރްފާން ސުލްޠާނީ - މިއީ މުޒާހަރާއާއި ގުޅިގެން ޙުކުމް އިއްވާ ފުރަތަމަ މީހާ / ފޮޓޯ: ބިތުފަންގި ޑޮޓް ކޮމް)
އީރާނުގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާގައި ހިމެނޭ ޔަހޫދީ އެޖެންޓެއް ކަމަށްވާ އުމުރުން 26 އަހަރުގެ ޢިރްފާން ސުލްޠާނީ ދަންޖައްސައި މަރާލުން މާދަމާ އޮންނާ ކަމަށް އީރާނުން އިޢުލާން ކޮށްފި ކަމަށް ޚަބަރުތައް ބުނެފިއެވެ.
އިންސާނީ ޙައްޤު ބެހޭ ޖަމާއަތްތަކުން ބުނާ ގޮތުގައި ސުލްޠާނީ އަށް ވަކީލަކާއި ބައްދަލު ކުރުން ވެސް އޮތީ މަނާކޮށްފައެވެ. އަދި އެއްވެސް މީހަކާއި އޭނާ އާއި ބައްދަލެއް ނުކުރެވެއެވެ. އޭނާ ހުރީ ހައްޔަރުގައެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، މުޒާހަރާައި ޤައުމު ހަލަބޮލިކޮށް މުދަލަށް ގެއްލުންދޭ ޓެރަރިސްޓުން މަރާލުމަށް އީރާނުގެ ބަންޑާރަނައިބު ވަނީ މީގެ ކުރިން އިޢުލާން ވެސް ކޮށްފައެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސުލްޠާނީގެ މައްޗަށް ދީނާއި ދެކޮޅަށް ހަނގުރާމަކުރި ކަމަށް ތުހުމަތުކޮށް، ޤައުމުގައި ފަސާދަ އުފެއްދި ކަމަށް ވެސް ތުހުމަތު ކޮށްފައެވެ. މިއީ އީރާނުގެ ޤާނޫނުގެ ދަށުން މަރުގެ އަދަބު ލިބިދާނެ ބޮޑު ޖިނާޢީ ކުށެކެވެ.






