Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޯދައަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް އަޅަނީ

ރޯދައަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް އަޅަނީ

މުހައްމަދު ޖަމްޝަތު
149 ދުވަސް ކުރިން - 12 ޖެނުއަރީ 2026 20:08
މާލޭގެ ލޯކަލް މާރުކޭޓް، ރޯދައާއި ދިމާކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ދަނީ ހަދަމުން---
މާލޭގެ ލޯކަލް މާރުކޭޓް، ރޯދައާއި ދިމާކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ދަނީ ހަދަމުން---
ޚުލާސާ

މާރުކޭޓު އަޅަނީ ވިނަރެސް ޓަވަރު އަށަކާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައި

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފަށައިފި އެވެ.

އެޗްޑީސީން ބުނީ ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް ޓަވަރު އަށަކާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައި ކަމަށެވެ. 24 ގޮޅި ހުންނަ މި މާރުކޭޓަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން، ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި ގޮޅިތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement

Advertisement 1

މި މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދާނީ އެޗްޑީސީންނެވެ. މި ގޮޅިތައް ދޫކުރާނީ އާއްމު އުސޫލުން ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތައް ދޫ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިވަގުތު ދާއިމީ އެއްވެސް މާރުކޭޓެއް ނެތެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ލުއިފަސޭހަ ގޮތެއްގައި މޭވާ އާއި ތަރުކާރީފަދަ ތަކެތި ލިބޭނެ ގޮތް ހަމަޖައްސަން ވަގުތީ މާރުކޭޓުތައް އެޗްޑީސީން ދަނީ ހަދަމުންނެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.

ރޯދަމަސް 2026އެޗްޑީސީހުޅުމާލެ ފޭސް-2
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

6 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

14 ދުވަސް ކުރިން - 17:49

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

22 ދުވަސް ކުރިން - 17:10

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

25 ދުވަސް ކުރިން - 16:15

ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދާ ޖަހަން ފަށައިފި

ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށައިފި

34 ދުވަސް ކުރިން - 20:20