Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝާމާހުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ޝާމާހުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

މުހައްމަދު ޖަމްޝަތު
240 ދުވަސް ކުރިން - 12 ޖެނުއަރީ 2026 12:36
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކި ކުރި އަހުމަދު ޝަމާހް---
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކި ކުރި އަހުމަދު ޝަމާހް---
ޚުލާސާ

ސްޓެލްކޯއަށް ޝަމާހު އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު މަހު. އޭނާ މަގާމުން ވަކިކުރީ އިއްޔެ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކި ކުރި އަހުމަދު ޝަމާހް ރަޝީދު އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އޭސީސީގެ އޮފިޝަލަކު ވަނީ ސްޓެލްކޯގެ ކުރީގެ އެމްޑީ އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ. އެ މައްސަލަ އޭސީސީން ވަނީ ބަލަން ފަށާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން ޝަމާހު ވަކިކޮށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާއި ވަނީ ސްޓެލްކޯ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފަ އެވެ. ޝަމާހުއާ އެކު ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑް އަޒްހަދު ރަމީޒު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

Advertisement

Advertisement 1

ޝަމާހް މަގާމުން ވަކިކުރި އިރު އޭނާ ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ ލީކު ކޮށްލާފަ އެވެ. އެ އޯޑިއޯ އިން ދެތިން މީހެެއްގެ އަޑު އިވޭއިރު އޭގެ ތެރެއިން އެކަކީ ޝަމާހު ކަމަށް ބެލެވެ އެވެ.

އޯޑިއޯގައި ޝަމާހު ކަމަށް ބެލެވޭ މީހާ ވަނީ ސްޓެލްކޯއިން ވައްކަން ކޮށްފައިވާނެ ކަމަށާއި، އޭނާ ކުރި ކަންކަން އެނގޭނަމަ ސަރުކާރުން "ނޯށުން ރޯނެ" ކަމަށް ބުނެފަ އެވެ. އަދި "ސްޓެލްކޯގައި މަގޭ ކުޅިވަރު" އެނގޭނީ އަޒްހަދާއި ސާއިދަށް ކަމަށްވެސް އޭނާ ބުނެ އެވެ. މީގެ އިތުރުން، މިފްކޯގެ ކޮރަޕްޝަނަށް ވުރެ މާ ގިނައިން ސްޓެލްކޯގެ ތެރެއިން ފައިސާ ހޯދާ ކަމަށް ވެސް އެ އޯޑިއޯގައި ބުނެފައިވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަމާހް އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެހެންކަމުން އޭނާ މަގާމުގައި ހޭދަވެފައިވަނީ 4 މަހެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަމާހް އައްޔަނުކުރީ ކުރިން އެމަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށްފަހުގަ އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަގާމުވެސް އަދާކޮށްފައެވެ. 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި އޭނާ މަގާމުން ވަކިކުރިއިރު އޭނާ ވަނީ އޭގެ ކުރިން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ސްޓެލްކޯއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
Advertisement
Advertisement

ގުޅޭ ޚަބަރުތައް

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

8 ދުވަސް ކުރިން - 13:32

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

15 ދުވަސް ކުރިން - 11:16

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

35 ދުވަސް ކުރިން - 11:49

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

37 ދުވަސް ކުރިން - 14:32

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

51 ދުވަސް ކުރިން - 19:54

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

53 ދުވަސް ކުރިން - 05:40

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%