Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙާލަތު ވަރަށް ގޯސް! ފިނި ބޮޑުވެގެން 21 ކުޑަކުދިން ޣައްޒާގައި ޝަހީދުވެއްޖެ!

ޙާލަތު ވަރަށް ގޯސް! ފިނި ބޮޑުވެގެން 21 ކުޑަކުދިން ޣައްޒާގައި ޝަހީދުވެއްޖެ!

ޢަބްދުﷲ ޖުނައިދު
240 ދުވަސް ކުރިން - 12 ޖެނުއަރީ 2026 06:12
ގަދަ ފިނިން ސަލާމަތްކުރެވޭނެ ގޮތެއް ނެތިގެން ޝަހީދުވި ޣައްޒާގެ ތުއްތުކުއްޖަކު ވަޅުލުމަށްޓަކައި އަތްމައްޗަށް ލައިގެން ގެންދަނީ / ފޮޓޯ: ބީބީސީ
ގަދަ ފިނިން ސަލާމަތްކުރެވޭނެ ގޮތެއް ނެތިގެން ޝަހީދުވި ޣައްޒާގެ ތުއްތުކުއްޖަކު ވަޅުލުމަށްޓަކައި އަތްމައްޗަށް ލައިގެން ގެންދަނީ / ފޮޓޯ: ބީބީސީ
ޚުލާސާ

ފިނިން ސަލާމަތް ވެވޭނެ ހަމަ އެއްވެސް ގޮތެއް ނެތިގެން، ވޭނުގައި ގަދަފިނީގައި ތެޅިތެޅި ޣައްޒާގެ 21 ކުދިން ޝަހީދުވެއްޖެ. މިހާރު ވެސް އިތުރު އަށާރަކުއްޖެއްގެ ޙާލު ސީރިއަސް

އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންނަށް މި ފިނި މޫސުމުގައި ފިނިން ސަލާމަތް ވެވޭނެ ހަމަ އެއްވެސް ގޮތެއް ނެތިގެން، ވޭނުގައި ގަދަ ފިނީގައި ތެޅިތެޅި، އޭގެތެރެއިން 21 ކުދިން ޝަހީދުވެއްޖެއެވެ. 

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ފިނި މޫސުމުގައި ޓެންޓު ތަކުގައި ތިބި ގިނަ ޢަދަދެއްގެ ރެފިއުޖީ ކުޑަކުދިން ލާނެ ބޯފޭރާމެެއް ވެސް ނެތް ތަނުގައި ހޫނުކުރާނެ ގޮތެއް ވެސް ނެތެވެ.

މިހާރު ވެސް 18 ކުއްޖެއްގެ ޙާލު ވަރަށް ދެރަ ކަމަށް ޣައްޒާ އާއި ގުޅުން ހުރި މަސްދަރަކުން ބުނާއިރު ތުރްކީވިލާތުން އިސްނަގައިގެން މިހާރު ގެންދަނީ ޣައްޒާގެ އެ ކުޑަކުދިންނާއި އިތުރު މީހުން ފިނިން ސަލާމަތް ކުރުމަށް އެހީ ވެއްދޭތޯ މަސައްކަތް ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް، ޔަހޫދީން ގެންދަނީ ޣައްޒާ އަށް ފިނިން ސަލާމަތްވުމަށް ބޭނުންވާ ސާމާނާއި ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅަމުންނެވެ.

Advertisement

Advertisement 1

ޣައްޒާގެ މީޑިއާ އޮފީހުން ބުނީ 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފިނިން ރައްކާތެރިވެވޭނެ ގޮތެއް ނެތް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ ފިނި އިތުރަށް ގަދަވާނެތީ، ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދިގުމުއްދަތުގެ ބަލިތައް ތަޙައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ޣައްޒާގެ ކުޑަކުއްޖަކު ގަދަ ފިނީގައި، އަންގިއެއް، ބޮލުގައި އަޅަނެ ކޯނެއް ވެސް ނުލިބިފަ. ފިނި ބޮޑުވެގެން އެކުދިން އެ ދަނީ ޝަހީދުވަމުން. މިއީ ހިތްދަތި މަންޒަރުތަކެއް.

އޮކްޓޯބަރު 10 ވަނަ ދުވަހު ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓް ނެޓްވޯކްތައް މަރާމާތު ކުރުމަށް ބޭނުންވާ ޓެންޓްތަކާއި މޮބައިލް ހައުސިން ޔުނިޓްތަކާއި ކޮންސްޓްރަކްޝަން މެޓީރިއަލްތައް ވަނުމަށް މަގުފަހިކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް އިސްރާއީލު ސަރުކާރުން ގެންދަނީ ހުރަސް އަޅަމުންނެވެ.

އިސްރާއީލު ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށި ޖަރީމާގައި މުޅި ޣައްޒާގެ 90 ޕަސެންޓް އެކީއެކަށް ތަޅައި ސުންނާފަތިކޮށްލާފައެވެ. އެ ޖަރީމާތަކުގައި ޣައްޒާގެ ގާތްގަނޑަކަށް 71،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ބަައިނަލްއަޤްވާމީ މަސްދަރުތަކުން ބުނާއިރު ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 171،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްފައި ވާކަމަށް ވެސް އެ މަސްދަރުތަކުން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލު ސިފައިން އަދިވެސް ގެންދަނީ ދޭތެރެދޭތެރެއިން ޙަމަލާތައް ދެމުންނެވެ. ހަނގުރާމަ ހުއްޓަލުމަށް އެއްބަސްވި ފަހުން ވެސް ޒައެނިސްޓުން ވަނީ ފަލަސްތީނުގެ 442 މީހުން ޝަހީދުކޮށް 1،236 މީހުން ޒަޚަމް ކޮށްފައި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޣައްޒާދުނިޔެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ގަޑިއިރު ކުރިން - 12:02

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

9 ދުވަސް ކުރިން - 09:01

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

14 ދުވަސް ކުރިން - 23:28

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57