Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯޓާސް ލިސްޓަށް މިހާތަނަށް 128 ޝަކުވާ ހުށަހަޅައިފި

ވޯޓާސް ލިސްޓަށް މިހާތަނަށް 128 ޝަކުވާ ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު
195 ދުވަސް ކުރިން - 11 ޖެނުއަރީ 2026 21:17
އިންތިހާބެއްގެ ވޯޓުލުން ނިމުމަށްފަހު ވޯޓު ފޮށި ގުނަނީ---ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިންތިހާބެއްގެ ވޯޓުލުން ނިމުމަށްފަހު ވޯޓު ފޮށި ގުނަނީ---ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ޚުލާސާ

1414 އަށް 'VR (space) ID Number' ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްގެންވެސް ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ބަލާލެވޭނެ.

މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 128 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ހުޅުވާލާފައިވާއިރު. އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ގިނައީ ނިޔާވެފައިވާ މީހުންގެ މައުލޫމާތު ލިސްޓުގައި ހުރުމާއި، އެޑްރެހާ ގުޅޭ މައްސަލަތައް ކަމަށެވެ.

Advertisement

Advertisement 1

އެގޮތުން ލިސްޓަށް މީހަކު އިތުރުކުރުމަށް، އުނިކުރުމަށް ނުވަތަ މައުލޫމާތަށް ބަދަލު ގެނައުމަށް ހުށަހަޅާއިރު، އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެ އެވެ. އެގޮތުން އައިޑީ ކާޑުގެ ކޮޕީ، ރަށްވެހިކަމުގެ ލިޔުން، ގޭގެ ރަޖިސްޓްރީ ނުވަތަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހެޅިދާނެ އެވެ.

ވޯޓާސް ލިސްޓު މިހާރު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެ އެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުގައިވެސް ލިސްޓު ވަނީ އާންމުކޮށްފަ އެވެ. މީގެ އިތުރުން 1414 އަށް 'VR (space) ID Number' ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްގެންވެސް ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ބަލާލެވޭ އިރު، ސިޔާސީ ޕާޓީތަކަށް ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހާއްސަ 'ސިމެދަ ޕޯޓަލް' މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

50 ދުވަސް ކުރިން - 10:25