ތިބެންވީ އީރާނުގެ ރައްޔިތުންނާއެކު، އެ ގައުމުގެ އިސްލާމީ ދައުލަތާއެކީ އެއްނޫން: ނަޝީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ދުވަސް ކުރިން - 11 ޖެނުއަރީ 2026 22:43
ކުރީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

އީރާނުގެ އިގްތިސާދީ ހާލަތު ގޯސްވެފައި މި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ކުރަމުން

މުސްލިމުންގެ ހައިސިއްޔަތުން ތިބެންވީ އީރާނުގެ ރައްޔިތުންނާއެކު ކަމަށާއި އެ ގައުމުގެ އިސްލާމީ ދައުލަތާއެކީ އެކުގައިނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގަ އެވެ. އީރާންގެ ރައްޔިތުން މަގުތަކަށް ނުކުމެ ތިބީ އެތައް ޒަމާނެއްވީ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ، އެ ގައުމުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށްވާއިރު މުސްލިމުންގެ ހައިސިއްޔަތުން އެ މީހުންގެ ހައްގުގައި ތެދުވާންޖެހޭ ކަމަށެވެ.

އީރާނުގެ އިގްތިސާދީ ހާލަތު ގޯސްވެފައި މި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އެކަން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ހަރުކަށި އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އީރާންގެ ރައްޔިތުން މަގުތަކަށް ނުކުމެ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައިވާއިރު އެ ގައުމުގެ އެކި ސިޓީތަކަށް މި މުޒާހަރާ ފުޅާވެ ގިނަ ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހާރާގައި، މުޒާހަރާކުރާ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި މަދު މީހަކު ނަމަވެސް ވަނީ މަރުވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%