Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޑޫރޯ: ބަސް ޑުރައިވަރު ކަމުން ވެނެޒުއުލާގެ ރައީސްކަމަށް

މަޑޫރޯ: ބަސް ޑުރައިވަރު ކަމުން ވެނެޒުއުލާގެ ރައީސްކަމަށް

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
219 ދުވަސް ކުރިން - 11 ޖެނުއަރީ 2026 19:53
ވެނެޒިއުލާގެ ރައީސް ނިކޮލަސް މަޑޫރޯ---
ވެނެޒިއުލާގެ ރައީސް ނިކޮލަސް މަޑޫރޯ---
ޚުލާސާ

އެމެރިކާއިން މަޑޫރޯގެ ވެރިކަން ނިމުމަކަށް ގެންނަން އެތައް ހާސް މިލިއަން ޑޮލަރުގެ ނާކާމިޔާބު އޮޕަރޭޝަންތައް މީގެ ކުރިންވެސް ވަނީ ހިންގައިފަ

އެމެރިކާއާ ދެކޮޅު މީހުންނަށް ވެނެޒިއުލާގެ ރައީސް ނިކޮލަސް މަޑޫރޯއަކީ ބަތަލެކެވެ. އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް މަޑޫރޯއަކީ ހުދުމުހުތާރު ކުށްވެރިއެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި އާއި އެހެނިހެން ޖަރީމާތައް ހިންގާ "ޝައިތާނެކެވެ." ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް މަޑޫރޯއަކީ އެމެރިކާގެ ދުޝްމަނެކެވެ. އެމެރިކާއަށް އަދަބު ނުދެވި ހުންނެވި ކުށްވެރިއެކެވެ. 

އެމެރިކާއިން ވަނީ މަޑޫރޯގެ ވެރިކަން ނިމުމަކަށް ގެންނަން އެތައް ހާސް މިލިއަން ޑޮލަރުގެ ނާކާމިޔާބު އޮޕަރޭޝަންތައް ހިންގާފައެވެ. އެންމެ ފަހުން އެމެރިކާއިން ވަނީ މި ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެރޭ މެންދަމުން އަލިވި ފަހުން ވެނެޒިއުލާގެ ވެރިރަށް ކަރާކަސްއަށް ކުއްލި ހަމަލާއެއްދީ ބޮޑު ކިއްލާއެއް ފަދަ ގަނޑުވަރުގައި ތިއްބެވި ރައީސް މަޑޫރޯއާއި އަނބިކަނބަލުން ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފަ އެވެ. މަޑޫރޯ ހައްޔަރުކުރަން އެމެރިކާއިން ހިންގި އަނިޔާވެރި ޖަރީމާގައި އެއްވެސް ކުށެއް ނެތް 100 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވި އެވެ.

މަޑޫރޯގެ އިސްތަށިފުޅުގައި ބުއްދި ގަބޫލު ނުކުރާ އެތައް ތުހުމަތެއް އަޅުވައި މަގާމުން ވަކިކުރުމަށް އެމެރިކާ އިސްވެ އޮވެ، މަޑޫރޯއަށް ޕްރެޝަރު ކުރަމުން އަންނަތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.

Advertisement

Advertisement 1

އެމެރިކާއާ ދެކޮޅު މީހުން ދެކޭ ގޮތުގައި މަޑޫރޯގެ ކުށަކީ އެމެރިކާގެ ވެރިންގެ ބަސް ގަބޫލު ނުކުރުމެވެ. އެމެރިކާގެ ބޭނުމަކީ ދުނިޔޭގައި އޮތް ތެލުގެ މުއްސަނދިކަން އެންމެ ބޮޑު އަދި ރަނާއި ރިއްސާއި ގުދުރަތީ މުއްސަނދިކަން އިންތިހާއަށް ބޮޑު ގައުމު ފޭރިގަނެ އެ ގައުމު ލޫޓުވުމެވެ.

ނިކޮލަސް މަޑޫރޯ އުފަންވެވަޑައިގަތީ 23 ނޮވެމްބަރު 1962ގައި މަސައްކަތްތެރި އާއިލާއަކަށެވެ. އޭނާ އަކީ ޓްރޭޑް ޔޫނިއަން ލީޑަރެއްގެ ދަރިއެކެވެ. އޭނާ ވަނީ 1992 ވަނަ އަހަރު އަސްކަރީ އޮފިސަރު ހޫގޯ ޗާވޭޒްގެ ނާކާމިޔާބު ބަޣާވާތުގައި ބަސް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

އޭނާ ޗާވޭޒް މިނިވަން ކުރެއްވުމަށް ކެމްޕޭން ކުރައްވައި، އޭނާގެ ވާތުފިޔައިގެ ފިކުރުގެ ވަރުގަދަ ސަޕޯޓަރަކަށް ވެވަޑައިގެންނެވި އެވެ. ބީބީސީން ބުނި ގޮތުގައި މަޑޫރޯ، ޗަވޭޒާ އެކު ދިގު އަދި ގާތް ގުޅުމެއް ބޭއްވެވި އެވެ. އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްވަރުގައި ވެސް މެއެވެ.

ޗާވޭޒްގެ އިންތިހާބަށް ފަހު 1998 ވަނަ އަހަރު މަޑޫރޯ ވަނީ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފަ އެވެ. އެއަށްފަހު ގައުމީ މަޖިލީހުގެ ރައީސްކަމާއި ހާރިޖީ ވަޒީރުކަން ވެސް ކުރެއްވި އެވެ. ހާރިޖީ ވަޒީރެއްގެ މަގާމުގައި ހުންނެވި ދުވަސްވަރު ގައުމުތަކާ ގުޅުން ބަދަހިކުރައްވައި އެކުވެރިކަން އާލާކުރެއްވުމަށް އެތައް ދަތުރުތަކެއް ކުރެއްވި އެވެ.

ޗާވޭޒް އޭނާގެ "ވަލީއަހުދަކަށް" މަޑޫރޯ ކަނޑައަޅުއްވައި މަގާމު ދެއްވިފަހުން 2013 ވަނަ އަހަރު ޗާވޭޒް އަވަހާރަވި އެވެ. އޭގެ ފަހުން ބޭއްވި އިންތިހާބު މަޑޫރޯ ވަނީ ހަނި ގޮތަކަށް ކާމިޔާބު ކުރައްވައި ވެނެޒިއުލާގެ ރައީސްކަން ހޯއްދަވާފަ އެވެ.

މަޑޫރޯގެ ވެރިކަމުގައި މުދަލުގެ އަގުބޮޑުވުމާއި އިގުތިސާދީ ދަތިކަން ކުރިމަތިވުމާއި ސިޔާސީ ހަމަނުޖެހުން ބޮޑުވުން ފަދަ އެތައް ކަމެއް ރައްޔިތުންނަށް ކުރިމަތިވި އެވެ. ތަނަވަސް ކަމުގެ އަހުލުވެރިން އެހެން ގައުމުތަކަށް ހިޖުރަ ކުރި އެވެ.

މަޑޫރޯގެ ވެރިކަމުގައި ބޭއްވި އިންތިހާބުތަކުގައި ވޯޓު އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމާއި ކާބޯތަކެތީގެ ދަތިކަން ގައުމަށް ކުރިމަތިވުމާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވިފައިވެ އެވެ. އަދި 2014 ވަނަ އަހަރާއި 2017 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ބޮޑު މުޒާހަރާތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅުއްވާފައި ވެއެވެ. އެދުވަސްވަރު ވެނެޒިއުލާގައި ހިނގި ހުރިހާ ހަމަނުޖެހުންތަކެއްގެ ފަހަތުގައި އޮތީ އެމެރިކާ އެވެ.

ރޮއިޓާސްއިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައި ވަނީ މަޑޫރޯއަކީ އިދިކޮޅު ސިޔާސީ ބޭފުޅުންނާމެދު ވަރަށް ހަރުކަށިކޮށް ކަންތައް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ގައުމާއި ގައުމުން ބޭރުގައި މަޑޫރޯއަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އޭނާއަކީ ސިޔާސީ އިދިކޮޅު ފަރާތްތައް ޖަލަށް ލައި، އެމީހުންނަށް އުނދަގޫކުރައްވައި، ނުހައްގުން އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރުމަށް ހުރަސްއެޅުއްވި ހުދުމުހުތާރު ވެރިއެކެވެ.

މަޑޫރޯގެ ވެރިކަން ނިމިގެން ދިޔައިރު މަޑޫރޯގެ ސަރުކާރަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދަތިކުރުމުގެ ވަރަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އޭގެ ސަބަބުން ގައުމުގެ ކުށެއް ނެތް ރައްޔިތުންނަށް ވެސް ވޭންދެނިވި ކަންތައްތަކާ ކުރިމަތިލާން ޖެހުނެވެ.

އެމެރިކާއިން 2020 ވަނަ އަހަރު ވެސް މަޑޫރޯއާ ދެކޮޅަށް ހިޔާނާތާއި އެހެނިހެން ދައުވާތައް އުފުލާފައިވާއިރު، އެކަން މަޑޫރޯ ވަނީ ދޮގުކުރައްވާފަ އެވެ.

މަޑޫރޯ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު، ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި އިދިކޮޅު ފަރާތްތަކުން އެ އިންތިހާބަކީ ބޮޑު ތަނުން އޮޅުވާލުންތަކެއް ހިންގާފައިވާ އިންތިހާބެއް ކަމަށް ބުނެބުނެ ތިއްބަ އެވެ. އެފަހަރުވެސް ސަރުކާރަށް ލިބުނު ކާމިޔާބީއާ ދެކޮޅަށް މުޒާހަރާ ކުރި އެތައް ހާސް ބަޔަކު ޖަލަށް ލާފައި ވެއެވެ.

މަޑޫރޯގެ ސަރުކާރަށް އަޅާފައިވާ ފިއްތުންތަކުގެ އެންމެ ބޮޑު، ޖާއިޒު އަދި ނާޖާއިޒު ފައިދާ ލިބިވަޑައިގަންނަވަނީ 2025 ވަނަ އަހަރުގެ ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވި އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯއަށެވެ.

އެމެރިކާއާއި ހުޅަގުގެ ގައުމުތަކުން ކުށްވެރިއެއް ކަމުގައި ދެކޭ ހުދުމުހުތާރު ވެރިޔާ ނިކޮލަސް މަޑޫރޯގެ ވެރިކަން އަނިޔާވެރިގޮތަކަށް ބަދަލުކޮށް އޭނާ ޖަލަށް ލިޔަސް ތަޖުރިބާކާރުން ދެކޭ ގޮތުގައި ވެނެޒިއުލާގައި އެމެރިކާ ބޭނުންވާ ފަދަ ވެރިކަމެއް ގާއިމު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

މަދޫރޯވެނެޒުއެލާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ވެނެޒުއެލާ ބިންހެލުން: މަރުވި މީހުންގެ އަދަދު 920 އަށް އަރައިފި

ވެނެޒުއެލާ ބިންހެލުން: މަރުވި މީހުންގެ އަދަދު 920 އަށް އަރައިފި

53 ދުވަސް ކުރިން - 23:46

ވެނެޒުއެލާ އަށް އައި ޒަލްޒަލާގައި މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި!

ވެނެޒުއެލާ އަށް އައި ޒަލްޒަލާގައި މަރުވި މީހުންގެ އަދަދު 589 އަށް

53 ދުވަސް ކުރިން - 22:35

ވެނެޒުއެލާ އަށް ބާރުގަދަ ދެ ބިންހެލުން! މިހާތަނަށް 164 މަރު!

ވެނެޒުއެލާ އަށް ބާރުގަދަ ދެ ބިންހެލުން! މިހާތަނަށް 164 މަރު!

54 ދުވަސް ކުރިން - 17:25

މަޗާދޯ އަށް ލިބުނު ޞުލްޙައިގެ މެޑަލް ޓްރަމްޕަށް ހަދިޔާ ކޮށްފި

މަޗާދޯއަށް ލިބުނު ޞުލްޙައިގެ މެޑަލް ޓްރަމްޕަށް ހަދިޔާކޮށްފި

215 ދުވަސް ކުރިން - 10:30

ވެނެޒުއެލާއަށް ފަހު ދެން ޓްރަމްޕްގެ އަމާޒަކަށް ވާނީ ކޮން ގައުމެއް؟

ވެނެޒުއެލާއަށް ފަހު ދެން ކޮން ގައުމެއް؟

220 ދުވަސް ކުރިން - 09:36

އެމެރިކާއިން ވެނެޒުއެލާގެ ފަސްވަނަ ތެޔޮ ޓޭންކަރު ވެސް ހިފަހައްޓައިފި

އެމެރިކާއިން ވެނެޒުއެލާގެ ފަސްވަނަ ތެޔޮ ޓޭންކަރުވެސް ހިފަހައްޓައިފި

220 ދުވަސް ކުރިން - 20:11

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%