ބީއެމްއެލް އިން މިރޭ މެއިންޓަނަންސް މަސައްކަތެއް ކުރަނީ، ހިދުމަތައް ބުރޫއަރާފާނެ

އައިޝަތު ރުވާ ރިފްޢަތު | 15 ދުވަސް ކުރިން - 9 ޖެނުއަރީ 2026 21:58
ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު---ފޮޓޯ: ޚުލާސާ
ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު---ފޮޓޯ: ޚުލާސާ
ޚުލާސާ

ބުރޫއަރާނެ ހިދުމަތްތެރޭގައި ތެރޭގައި އިންޓަނެޓް ބޭންކިން، މޮބައިލް އެޕްލިކޭޝަން، އޭޓީއެމް، ޕީއޯސް މެޝިން، ކާޑުގެ ހިދުމަތް، ޔޫއެސްޑީ ބުކިން ޕޯޓަލް، އަދި ޕޭމަންޓް ގޭޓްވޭގެ ހިދުމަތް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ މެއިންޓަނަންސް މަސައްކަތެއް ކުރަން ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ ގިނަ ރައްޔިތުން ބަރޯސާވާ ބީއެމްއެލްގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެ ބޭންކުން ދަނީ ކުރަމުންނެވެ. އެގޮތުން މިރޭ ކުރަން ހަމަޖެހިފައިވަނީ ޕްލޭންޑް މެއިންޓަނެންސްއެއްކަން ބޭންކުން ފާހަގަކުރެ އެވެ.

އޭގެ ތެރޭގައި އިންޓަނެޓް ބޭންކިން، މޮބައިލް އެޕްލިކޭޝަން، އޭޓީއެމް، ޕީއޯސް މެޝިން، ކާޑުގެ ހިދުމަތް، ޔޫއެސްޑީ ބުކިން ޕޯޓަލް، އަދި ޕޭމަންޓް ގޭޓްވޭގެ ހިދުމަތް މިރޭ 01:00 އިން ފެށިގެން 04:00 އާ ދޭތެރޭ 60 މިނެޓަށް ބުރޫ އަރާފާނެ ކަމަށް ބޭންކުން މައުލޫމާތު ދެ އެވެ.

ދަންވަރު ވަގުތުގައި މި މަސައްކަތް ބޭންކުން ކުރަން ހަމަޖެހިފައިވަނީ އެ ވަގުތަކީ އާންމުގޮތެއްގައި ބޭންކުގެ ހިދުމަތް ބޭނުން ކުރުން މަދު ވަގުތެއް ކަމުގައި ވުމުން ކަން އެކަށީގެންވެ އެވެ.

ބޭންކުގެ ހިދުމަތްތައް މެދުކެނޑޭ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ އުނދަގުލަކަށް ބޭންކުގެ ފަރާތުން މައާފަށް އެދެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%